ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަޙުޤީޤު ކުރަމުންދާ މާރާމާރީ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. މީދޫ، ސޮނީ، މުޙައްމަދު ޙާފިޘް އަޙްމަދު (26އ) ކަމަށެވެ.
މުޙައްމަދު ޙާފިޘް އަޙްމަދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް