ފީވަކުގައި ބެހެއްޓި ފަންޑު ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ށ. ފީވަކުގައި ބެހެއްޓި ފަންޑު ފޮއްޓެއް ވަގަން ނެގި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގަ 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށ...

14 Sep 2017 | 07:13

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ށ. ފީވަކުގައި ބެހެއްޓި ފަންޑު ފޮއްޓެއް ވަގަން ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގަ 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރުކުރީ އިއްޔެ ކަމަށް ފުލުހުން ބުނެ އެވެ.

ފީވަކު ކައުންސިލުން މައުލޫމާތުދޭގޮތުގައި ވަގަށްނެގީ އެރަށު މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓެވެ. އެކަން ކޮށްފައިވަނީ އިއްޔެރޭ ދަންވަރު އެވެ. ފުލުހުންނާއި ރައްޔިތުން ގުޅިގެން ފަންޑު ފޮށި ހޯދަމުން ދަނިކޮށް ފެނިފައިވަނީ މިސްކިތާ ދުރުނޫން ހިސާބެއްގައި ހުރި ފަޅު ގެއެއްގެ ތެރެއިންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފެނުނު އިރު ނުވަ ހާހަށްވުރެ ގިނަ ރުފިޔާ ފެނިފައިވެ އެވެ. އެކަމަކު އެއީ އޭގައި ހުރި ހުރިހާ ފައިސާކަމެއް ޔަގީނެއް ނުވެ އެވެ.

އެ ރަށު މިސްކިތުގައި ބެހެއްޓި އެ ފަންޑު ފޮއްޓަކީ ފީވަކު ކައުންސިލުން އިސްނަގައިގެން ބަހައްޓާފައިވާ ފަންޑު ފޮއްޓެކެވެ. އެހެންވެ އިތުރު ފަންޑު ފޮއްޓެއް ބެހެއްޓުމުެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުނެ އެވެ.

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ފަންޑު ފޮށި ބަހައްޓައިގެން އެހީ ހޯދަމުންދާއިރު މިކަމުގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަން ފަށާފައިވާކަން ފާހަގަ ކުރެވެ އެވެ.

އެގޮތުން މާލޭ ގޭގެއަށް ހަތަރުވަރަކަށް މީހުންގެ ގްރޫޕަކުން ފަންޑު ފޮއްޓެއް ހިފައިގެން އެހީ ހޯދަން ހިނގާ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް