އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް އަންނަ ނޮވެމްބަރު މަހު ބާއްވަން ނިންމައިފި އެވެ.
މިއީ މި ކޮންފަރެންސް ބާއްވާ ހަތަރު ވަނަ ފަހަރެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާނެ އެވެ.
މި ކޮންފަރެންސްގެ މައިގަނޑޫ މަގުސަދަކީ ހުށަހެޅޭ މައްސަލަތަކުގެ އަލީގައި ދައުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމެވެ. މިފަހަރަުގެ ތީމް އަކީ ކަރިކިއުލަމް ޕެޑެގޮޖީ އެންޑް އެސެސްމެންޓު، އިނޮވޭޓިވް ވިޝަންސް ޓު ފޯސްޓަރ އިފެކްޓިވް ލާނިން އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ މަތީތައުލީމީ ދާއިރާގަ މަސައްކަތް ކުރާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ
މި ކޮންފަރެންސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 12 ން 13 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް