ފާއިތުވި ދެ ދުވަހު ފުވައްމުލަކު ސިޓީއަށް ބޯކޮށް ވާރޭ ވެހި އެރަށު މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
މިގޮތުން އެރަށު މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިންދުމަށްޓަކައި ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތުގައި ފާއިތުވި ދެދުވަހު ސިފައިން ވަނީ ހަރަކާތްތެރިވެފައިވާކަމަށާއި އަދި އެރަށުގައި ފެން ބޮޑުވުން ހުއްޓުވުމަށް ހަދާފައިވާ ކާނުތައް ހުޅުވާލައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނާއި ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ކޮށްފައިކަމުގައި ސިފައިން ހަމަކުރެ އެވެ.
ސިފައިން އިތުރަށް ބުނީ ފުވައްމުލަކަށް ފާއިތުވި ދެދުވަހު ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ގުޅިގެން އެރަށު މަގުތަކުގައި ހެދިފައިވާ ފެންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް