"ދުޅަހެޔޮ މުޖްތަމަޢަކަށް ކަސްރަތު" ގެ ނަމުގައި ޕްރޮގްރާމް ކ. މާފށީގައި ފަށިގެން ކުރިއަށް އެބަގެންދެއެވެ.
ފުލުހުން ބުނީ މިމަހުގެ ނުވަޔަކުން 23 އަށް ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ ކ . މާފުށި ޕޮލިސް ސްޓޭޝަނާއި، އެރަށުގެ އެހެނިހެން މުއައްސަސާތައް ގުޅިގެން އެރަށުގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ އެކުއަޓިކް ކަސްރަތު ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމްގައި ކ. މާފުށީގެ އެކި އުމުރުފުރާއިން ޖުމްލަ 115 ފަރާތަކުން ވަނީ ބައިވެރި ވެފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި ޕްރޮގްރާމްގެ ބޭނުމަކީ، މާފުށީގެ ރައްޔިތުންނަކީ، ފިޒިކަލް ފިޓްނެސް ރަނގަޅު، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ އިތުރުން، މުޖްތަމައުގައި ހިނގާ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކައި، އެފަދަ މައްސަލަތަކަށް ޙައްލު ހޯދާނެގޮތްތަކާމެދު މަޝްވަރާކޮށް، އަމާން މުޖުތަމަޢެއް ޤާއިމްކުރުމުގައި ފުލުހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު ރައްޔިތުންގެ ކިބައިގައި އުފެއްދުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް