ބެޓެރީ އަދި ސިމްކާޑުވެސް ބޭނުން ކުރަން ނުޖެހޭ ފޯނެއް އުފައްދައިފި

ފޯނު ޗާޖު ކުރަން ނުޖެހޭނަމަ، ބެޓެރީއެއް ނެތްނަމަ، ސިމް ކާޑެއް ލައްވާން ނުޖެހޭނަމަ ސްމާޓް ފޯނަށްވުރެވެސް ސްމާޓް ވީ ނޫންހެއްޔެވެ. މިއީ ގޫގަލްގެ ރިސާޗް ޕްރޮގްރާމެއްގެ ދަށުން ތައްޔާރު ކުރަމުން އަންނ ފޯނެއ...

14 Sep 2017 | 04:02

ފޯނު ޗާޖު ކުރަން ނުޖެހޭނަމަ، ބެޓެރީއެއް ނެތްނަމަ، ސިމް ކާޑެއް ލައްވާން ނުޖެހޭނަމަ ސްމާޓް ފޯނަށްވުރެވެސް ސްމާޓް ވީ ނޫންހެއްޔެވެ.

މިއީ ގޫގަލްގެ ރިސާޗް ޕްރޮގްރާމެއްގެ ދަށުން ތައްޔާރު ކުރަމުން އަންނ ފޯނެއްގެ ވާހަކަ އެވެ. މި ޕްރޮޖެކްޓަށް އެމެރިކާގެ ނެޝަނަލް ފައުންޑޭޝަނުން 2 މިލިޔަން ޑޮލަރު ވަނީ ހަރަދުކޮށްދީފަ އެވެ. މި އުފެއްދުން އީޖާދުކުރާ ފަރާތަކީ ވާމްސީ ޓައްލާ ކިޔާ މީހެކެވެ. މިއީ އެމަޖެންސީ ހާލަތްތަކުގައި ބޭނުންކުރެވޭގޮތަށް ފަރުމާކުރާ، ބެޓެރީއެއް ބޭނުންނުވާ ޗާޖުކުރަން ނުޖެހޭ ފޯނެކެވެ.

މި ފޯނުގެ ޕްރޮޓޯޓައިޕެއް މިހާރު އުފައްދާފައިވާއިރު މި ފޯނުން ސްކައިޕް ކޯލުވެސް ކޮށްލެވޭ ކަމަށް ބުނެފައި ވެ އެވެ. މި ފޯނަށް ބާރުލިބެނީ ޖައްވުގައި ދައުރުވާ ރޭޑިއޯ ވޭސް ސިގްނަލްތަކުންނާއި އިރުގެ އަލިންނެވެ. ކޮންމެ ނެޓްވޯކަކާވެސް ގުޅާލެވެ އެވެ. އެއީ ބެކްސްކެޓަރިންގް ކިޔާ ޓެކްނިކެއް މެދުވެރިކޮށެވެ. މި ފޯނުގެ ހުރިހާ ކަމަކަށް ބޭޏުންވަނީ އެންމެ 3 މައިކްރޮވޮޓް ކަރަންޓެވެ. އެއީ އާދައިގެ ސްމާޓްފޯނެއްގައި ބޭނުންކުރާ ކަރަންޓަށްވުރެ 10 ހާސް ގުނަ މަދު އަދަދެކެވެ.

މި ފޯނު އީޖާދުކުރި ފަރާތުން ބުނެފައިވަނީ މުސްތަގްބަލުގައި ސްމާޓްފޯނުތަކުގައިވެސް މި ޓެކްނޮލޮޖީ ބޭނުންކުރުން އެކަށީގެންވާ ކަމަށާއި އެގޮތުން ފޯނު ނިވުމުން އެމަޖެންސީ ހާލަތްތަކަށް މި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ކަމަށެވެ.

މީގެ ފޯނެއް ތައްޔާރުކޮށްލަން ހަރަދުވަނީ އެންމެ ޑޮލަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް