އެޕަލްގެ ފޭސް އައިޑީ ޓެކްނޮލޮޖީ ބޮޑު ސުވާލު ފުންޏެއްގެ ތެރެއަށް !

އެޕަލްއިން އިއްޔެރޭ ބޭއްވި އެޕަލް އިވެންޓްގައި ގިނަ ބަޔަކު ހައިރާންކޮށްލި ފޯނަކީ އެޕަލްގެ އައިފޯނު އެކްސް އެވެ. އެކްސް އަކީ ރޯމަނު ގޮތުންނަމަ 10 އެކެވެ. އަދި އައިފޯނު އެކްސް އަކީ އެޕަލްގެ އައިފޯނު ފްލ...

14 Sep 2017 | 03:09

އެޕަލްއިން އިއްޔެރޭ ބޭއްވި އެޕަލް އިވެންޓްގައި ގިނަ ބަޔަކު ހައިރާންކޮށްލި ފޯނަކީ އެޕަލްގެ އައިފޯނު އެކްސް އެވެ. އެކްސް އަކީ ރޯމަނު ގޮތުންނަމަ 10 އެކެވެ. އަދި އައިފޯނު އެކްސް އަކީ އެޕަލްގެ އައިފޯނު ފްލެގްޝިޕްގެ 10 ވަނަ ފޯނުވެސް މެ އެވެ.

މި ފޯނާއެކު އެޕަލްއިން މިވަނީ އައު ޓެކްނޮލޮޖީއެއްވެސް ތައާރަފް ކޮށްފައެވެ. އެއީ ފޭސް އައިޑީ ޓެކްނޮލޮޖީ އެވެ. މި ޓެކްނޮލޮޖީއާއެކު ފިންގަރޕްރިންޓް އާއި ޓަޗް އައިޑީ ޓެކްނޮލޮޖީއަށް އެޕަލުން މިވަނީ ނިމުން ގެނުވާފަ އެވެ.

ފޭސް އައިޑީގެ މޮޅުވާހަކަ އެޕަލުން ވަނީ ވަރަށް ތަފްސީލުކޮށް، އެޕަލް އިވެންޓްގައި ދައްކާފަ އެވެ. އެއީ ފޯނުގެ ވެރިޔާ ފޯނަށް ބަލާލުމުން ފޯނު ހުޅުވަދޭނެ ކަމާއި ކޮންމެ އޭންގަލަކުން ބަލައިލިޔަސް އަދި ތޮތްޕެއް އަޅައިގެން ހުއްޓަސް އަދި ފުނާ އެޅުމުގެ ސްޓައިލް ބަދަލުކޮށްގެން ހުއްޓަސް ފޯނު ހުޅުވަދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މިއާއެކު ސޯޝަލް މީޑިއާގައްޔާއި ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި މިވަނީ މި ޓެކްނޮލޮޖީއާއި މެދު ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ.

ފޯނުގެ ވެރިޔާ ނިދާފައި އޮއްވާ މޫނަށް ދިމާކުރުމުން ފޯނު ހުޅުވަދޭނެތަ ؟

ފޯނުގެ ވެރިޔާ މަރުވެފައި އޮއްވާ މޫނަށް ދިމާކުރުމުން ފޯނު ހުޅުވަދޭނެތަ ؟

ފޯނުގެ ވެރިޔާ ގަދަކަމުން ތަނެއްގައި ބަނދެ ބަހައްޓާފައި ފޯނު މޫނާއި ދިމާކުރުމުން ފޯނު ހުޅުވަދޭނެތަ ؟

ޓްވިންސެއްގެ މޫނު ފެނުމުން ފޯނު ހުޅުވަދޭނެތަ ؟

މީހެއްގެ މޫނު ޕްރިންޓްކޮށް 3 ޑީ ސްކަލްޕްޗަރެއް ހަދައިފިއްޔާ ފޯނު ހުޅުވަދޭނެތަ؟

މިފަދަ އެތައް ސުވާލެއް ފުނިޖެހިފައިވާއިރު މި ސުވާލުތަކަށް ސީދާ ރައްދެއް އެޕަލުން އަދި ދީފައެއް ނުވެ އެވެ. ނަމަވެސް ކަމުގެ ތަޖުރިބާ ކާރުން ބުނަނީ އެޕަލުން މި ޓެކްނޮލޮޖީ އެހާ ދޯހަޅިކޮށް ދޫކޮށްލަފާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ސެކިއުރިޓީ ފީޗަރތައް އާއްމުން ހީކުރާ ވަރަށްވުރެ ރަނގަޅު ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ތަޖުރިބާކާރުންގެ އެއްބަޔަކު ރައުޔަށް ބުރަވި ނަމަވެސް އަނެއް ބަޔަކު ބުނަމުން އަންނަނީ ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ އަކީ މާކުރީއްސުރެ ސެމްސަންގުންވެސް ބޭނުންކޮށް ފެއިލްވެފައިވާ މެތަޑެއް ކަމަށާއި އެހެންކަމުން ސެމްސަންގް ފޯނުތަކުގައިވެސް ފޭސް ރެކޮގްނިޝަނަށް ދީފައިވަނީ އަބަދުވެސް ކުޑަ ސަމާލު ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް