ރޮހިންޖާ މުސްލިމުން ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި ނުވަ މީހަކު ނިޔާވެއްޖެ

މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން މަރަމުން އަންނައިރު ސަލާމަތުގެ އައްސޭރިއަށް ދިއުމަށް މިޔަންމާއިން ބަންގްލަދޭޝް އަށް ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި އޭގެން ނުވަ މީހަކު ނިޔާވެއްޖެ އެވެ. ...

14 Sep 2017 | 01:07

މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން މަރަމުން އަންނައިރު ސަލާމަތުގެ އައްސޭރިއަށް ދިއުމަށް މިޔަންމާއިން ބަންގްލަދޭޝް އަށް ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި އޭގެން ނުވަ މީހަކު ނިޔާވެއްޖެ އެވެ.

ނުވަ މީހެއްގެ ހަށިގަނޑު ނަފް ކޯރުގެ އައްސޭރިފަށުން ފެނިފައިވާއިރު ބަންގްލަދޭޝްގެ ތޭކްނާފްގެ ޕޮލިސް ޗީފް މައިނުއްދީން ޚާން ބުނެފައިވަނީ ހަށިތައް ފެނިފައިވަނީ އަންގާރަ ދުވަހުގެ ރެއާއި ބުދަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި ކަމަށެވެ. ބަންޑުން ޖަހާލި ބޯޓުގައި ތިބީ ކިތައް މީހުންކަން އެނގިފައިނުވާކަމަށް އޭނާ ބުނެފައިވެ އެވެ.

އޮގަސްޓް 25 އިން ފެށިގެން މިހާތަނަށް ރޮހިންޖާގެ ތިން ލައްކައެއްހާ މުސްލިމުން މިޔަންމާ ދޫކޮށް ބަންގްލަދޭޝް އަށް ގޮސްފައިވާއިރު ކޯރު ހުރަސް ކުރަން އުޅުމުގެ ތެރޭގައި އޮގަސްޓް 25 އިން ފެށިގެން މިހާތަނަށް 84 މީހަކު މަރުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް