މާލޭގައި ވަގުން ކަމަށް ބެލެވޭ ދެމީހަކު ބަރަހަނާކޮށްފި

މާލޭގައި ވަގުން ކަމަށް ބެލެވޭ ދެމީހަކު ބަރަހަނާކޮށްފި ދުނބުރި މިސްކިތް ކައިރީގައި ހުރި ގެއަކަށް ވަދެ އުޅުނު ވަގުން ކަމަށް ބެލެވޭ ދެމީހަކު ހިފެހެއްޓުމަށްފަހު ބަރަހަނާކޮށް މަގުމައްޗަށް ނެރެފި އެވެ. މަން...

14 Sep 2015 | 10:05

މާލޭގައި ވަގުން ކަމަށް ބެލެވޭ ދެމީހަކު ބަރަހަނާކޮށްފި

ދުނބުރި މިސްކިތް ކައިރީގައި ހުރި ގެއަކަށް ވަދެ އުޅުނު ވަގުން ކަމަށް ބެލެވޭ ދެމީހަކު ހިފެހެއްޓުމަށްފަހު ބަރަހަނާކޮށް މަގުމައްޗަށް ނެރެފި އެވެ.

މަންޒަރު ދުއް މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ ވަގުން ކަމަށް ބެލެވޭ އެ ދެމީހުން ބަރަހަނާ ކުރީ ގެއަކަށް ވަނުމުންއެ ގޭގެ ވެރިމީހާ އެމީހުން ހިފަހައްޓެމަށްފަހު އާންމުންނަށް ގޮވުމުން އެ ސަރަހައްދުގައި އުޅޭ އާންމުން އެގެއަށް ގޮސް ކަމަށެވެ.

"އެ ދެމީހުން އެ ގޭގެ ފުރަތަމަ ފަންގިފިލާއަށް ވަދެ މި އަހަނީ މީހަކު އެބަ އުޅޭހޭ، ނޫޅޭ ބުނީމަ އިރުގަނޑެއް ކޮށްފަ ދެވަނަ ފަންގިފިލާއަށް ގޮސް މި އަހަނީ އެހެން މީހަކު އެބައުޅޭހޭ، ދެފަހަރުވެސް ގޭގެ ވެރިމީހާ ދެ ފްލޯގަ ހުރި، ދެން އެ ދެމީހުން ހިފެހެއްޓީ" ދުވަހަށް މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.

ދުވަހަށް މައުލޫމާތު ދިން މީހާ އިތުރަށް ބުނީ ބަރަހަނާކޮށް މަގުމައްޗަށް ނެރުނުނަމަވެސް އެ ދެމީހުން ވަގުން ނޫން ކަމަށް ބުނަމުން ދިޔަ ކަމަށާއި އަދި އެ ގެއަށް ދިޔައީ ރަށު ބަޔަކު ހޯދަން ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް