ލޯޝަން ފުޅިއަކާއި ޝޭމްޕޫފުޅިއެއް ވަގަށްނެގި ދެމީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ. މި 02 މީހުންނަކީވެސް ދިވެހިންނެވެ.
ފުލުހުން ބުނީ މި ދެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި މާފަންނު ޕޮލިސްގެ ފުލުހުންނަށް އާއްމު ފަރާތަކުން ދިން މަޢުލޫމާތަކާއި ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ 18:50 ހާއިރު ކަސްޓަމްސް ސަރަހައްދުން ކަމަށެވެ.
މި މައްސަލައިގާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ދެމީހުން މީހުން އެ ވަގުތު ކަސްޓަމްސް ސަރަހައްދުން ފުލުހުން ފެނުމުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ލޯޝަން ފުޅިއަކާއި ޝޭމްޕޫފުޅިއެއް އެ ސަރަހައްދުގައި ހުރި ސައިކަލެއްގެ ވަށިގަނޑު ތެރެއަށް ލި ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ 02 މީހުންނަކީވެސް މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ދެ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް