20، 21 އަދި 22 ބަންދެއް ނޫން: ރައީސް އޮފީސް

މި މަހުގެ 20، 21 އަދި 22 މި ތިން ދުވަހަކީ ބަންދު ތިން ދުވަސް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ. ރައީސް އޮފީހުން ވިދާޅުވީ މި ސެޕްޓެންބަރު މަހުގެ 20 ވާ އާދީއްތަ ދުވަހާއި، 21 ވާ ހޯމަ ދުވ...

14 Sep 2015 | 08:26

މި މަހުގެ 20، 21 އަދި 22 މި ތިން ދުވަހަކީ ބަންދު ތިން ދުވަސް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ސެޕްޓެންބަރު މަހުގެ 20 ވާ އާދީއްތަ ދުވަހާއި، 21 ވާ ހޯމަ ދުވަހާއި އަދި  22 ވާ އަންގާރަ ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ހުޅުވާފައި ހުންނަ ތިން ދުވަސް ކަމަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

އަދި މިގޮތަށް މި ހަމަޖެއްސެވީ، މިއަހަރުގެ ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަހަކީ، މި ސެޕްޓެންބަރު މަހުގެ 15 ވާ އަންގާރަ ދުވަސް ކަމަށް ސަޢޫދީޢަރަބިއްޔާގައި ރަސްމީ ގޮތުން އިޢުލާނު ކުރުމާ ގުޅިގެން، މިހާރު ޢަމަލުކުރެވެމުންދާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައިވެސް ޢަމަލު ކުރެއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވާފައިވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.

ރައީސް އޮފީހުން އިތުރަށް ވިދާޅުވީ މިގޮތަށް ހަމަޖެއްސެވުމުން، އަޟްޙާ ޢީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މި ސެޕްޓެންބަރު މަހުގެ 28 ވާ ހޯމަ ދުވަހު ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ. އަދި މި ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މި އޮފީހުގެ ނަންބަރު 18/2015 (6 ސެޕްޓެންބަރު 2015) ގެ ދެންނެވުން ރައީސުލްޖުމްހޫރިއްޔާ ބާޠިލު ކުރައްވާފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް