އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރަން ޝަވީދު ނިންމަވައިފި

އަންނަ މަހު އޮންނަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރުމަތިލާން މިހާރު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަން ކަމުގައިހުރި މުހައްމަދ...

14 Sep 2015 | 07:46

އަންނަ މަހު އޮންނަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރުމަތިލާން މިހާރު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަން ކަމުގައިހުރި މުހައްމަދު ޝަވީދު ނިންމައިފި އެވެ.

ޝަވީދު ވިދާޅުވީ މި މަގާމަށް ކުރިމަތިލާން ނިންމީ ގިނަ އަދަދެއްގެ ކުލަބުތަކުގެ ސަޕޯޓާއި އެއްބާރުލުމާއި އެކީގަކަމަށެވެ. މި އާއިއެކު ޝައުހީދުވަނީ އެ ކުލަބުތަކަށް ޝުކުރު އަދާކޮށްފައެވެ.

2007 ވަނަ އަހަރު އުފެދުނު ދިވެހި ފުޓުބޯޅައިގެ ގަދަ ބާރަކަށް ވެގެންދިޔަ ކްލަބް ވީބީ އާއިއެކު ފުޓުބޯޅައިގެ ތެރެއަށް ނިކުތް ޝަވީދު ވަނީ އެކުލަބް ވުޖޫދަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް