އަފްގާނިސްތާނުގެ ގަޒްނީ ސިޓީގައި ހުންނަ ޖަލަކަށް އަފްގާން ތާލިބާނުން ހަމަލާދީ އެ ޖަލުގައި ބަންދުކޮށްފައިތިބި 400 އަށްވުރެ ގިނަ ގައިދީން މިނިވަންކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖަލުގެ މެއިން ގޭޓު ގޮއްވާލީ ދެމީހަކު ޖާނުންފިދާވުމުގެ ހަމަލާއެއް ދީގެންނެވެ. އަދި އެއަށްފަހު ތާލިބާނުން ހަތިޔާރާއެކު ޖަލަށް ވަދެގަނެ ގައިދީންތައް މިނިވަންކުރީ ޖަލު ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުން މެރުމަށްފަހުގަ އެވެ.
ތާލިބާނުގެ ތަރުޖަމާނު ބުނެފައިވަނީ މިއަދު އެމީހުން ހިންގި ކާމިޔާބު އޮޕަރޭޝަނުގައި ޖާނުން ފިދާވުމުގެ ތިން ހަމަލާ ދިނުމަށްފަހު އެ ޖަލުން 200 ގައިދީއަކު މިނިވަން ކޮށްފައި ވާކަމަށެވެ.
"40 ޖަލު އޮފިޝަރުން މަރާލުމަށްފަހު އެމީހުން މިނިވަން ކުރީ، މިނިވަން ކުރި މީހުންގެ ތެރޭގައި މުޖާހިދީންގެ އޮފިޝަލް ހިމެނޭ" ތާލިބާނުންގެ ތަރުޖަމާނު ބުނެފައި ވެ އެވެ.
އަފްގާންގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ޖަލުން ފިލި މީހުންގެ ތެރެއިން 150 އަށްވުރެ ގިނަ މީހުންނަކީ ތާލިބާނުންގެ މީހުންނެވެ. އެ ހަމަލާގައި ތާލިބާނު ހަނގުރާމަވެރިންގެ ހަތް މީހަކު މަރުވި ކަމަށްވެސް އަފްގާންގެ ސަރުކާރުން ހާމަކުރެ އެވެ.
ގަޒިނީ ސިޓީގައި ހުންނަ އެ ޖަލަކީ ވެރިރަށް ކާބުލް އާއި 75 މޭލު ދުރުގައި ހުންނަ ޖަލެކެވެ. އެ ޖަލުގައި ގިނައިން ތިބީ ތާލިބާނުންނާއި އެކި ގްރޫޕްތަކަށް ނިސްބަތްވާ ހަނގުރާމަވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް