ސަރުކާރަށް  ނުވިސްނޭނަމަ ވިސްނައިދެވޭނެ ހަމައެކަނި މަގަކީ ހަރަކާތްތަކާ އިހްތިޖާޖް: އެމްޑީޕީ

ސަރުކާރަށް މުޖްތަމައުގެ ބޭނުންތައް ނުވިސްނޭނަމަ ވިސްނައިދެވޭނެ ހަމައެކަނި މަގަކީ ހަރަކާތްތަކާ އިހްތިޖާޖް  ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފި އެވެ. އެ ޕާޓީން މިހެން ބުނީ " ސިޔާސީ އިދިކޮޅު ހަ...

14 Sep 2015 | 05:40

ސަރުކާރަށް މުޖްތަމައުގެ ބޭނުންތައް ނުވިސްނޭނަމަ ވިސްނައިދެވޭނެ ހަމައެކަނި މަގަކީ ހަރަކާތްތަކާ އިހްތިޖާޖް  ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނީ " ސިޔާސީ އިދިކޮޅު ހަރަކާތްތަށް ހިންގުމަށް ސަރުކާރުން ދަނީ ހުރަސް އަޅަމުން ކީއްވެބާ؟" މިނަމުގައި އެމްޑީޕީގެ ވެބްސައިޓްގައި ލިޔެފައިވާ ލިޔުމެއްގަ އެވެ.

އެ ލިޔުމުގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ އެންމެ ބޮޑު އިނދިކޮޅު ސިޔާސީ ޕާޓީ އަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ކަމަށާއި އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ އިސް ދައުރެއް ޑިމޮކްރެޓިކް ވެއްޓެއްގައި އަދާކުރަންޖެހޭ ފަރާތަކީވެސް މިވަގުތު އެމް.ޑީ.ޕީ އާއި އެހެނިހެން ސިޔާސީ އިނދިކޮޅު ޕާޓީތަކުން ކަމަށެވެ.

"ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އިނދިކޮޅު ސިޔާސީ ހަރަކާތް ހިންގުމަކީ އެއްގޮތަކަށްވެސް މުޖުތަމައު ބަލައިގަންނަކަމެއް ނޫންކަމުގެ ދަޅަ ދެއްކުމަށްފަހު ސިޔާސީ ޕާޓީތަކަށް އެކި އެކި ފިއްތުންތަށް ދަނީ ކުރިމަތިކުރުވަމުން، އެގޮތުން ފާހަގަކޮށްލެވޭ ކަމަކަށް ބަލާލާނަމަ މިދިޔަ އޯގަސްޓު މަހުގެ 27 ވަނަ ދުވަހު އެމްޑީޕީން އާރޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެއްސި ޖަލްސާއަށް ހުރަސް އެޅުމުގެ ގޮތުން ވަނީ އާރޓިފިޝަލް ބީޗުގެ މެދުގައި ހަދާފައިވާ ސްކޭޓިންގް ބުރު ވަށާ ސަތަރި ޖަހާ ބަންދުކޮށްފައި" އެ ލިޔުމުގައި ބުނެފައި ވެ އެވެ.

މި އުނދަގޫތަކާއި އެކުވެސް އެމް.ޑީ.ޕީން ވަނީ 27 ވަނަދުވަހުގެ ރޭ ޖަލްސާ ބާއްވާފައި ކަމަށާއި ހަމަ އެފަދައިން މަސް ދުވަސް ކުރިން ޖަލްސާ ބޭއްވުމަށް ތަނެއް ހޯދުމަށް ހައުސިންގ މިނިސްޓްރީން އެދުނުކަމުގައި ވީ ނަމަވެސް ޖަލްސާ ފެށުމާއި ހަމަޔަށްވެސް ޖަވާބެއް ނުލިބިވެސް ހިނގައިދާނެ ކަމަށް އެ ލިޔުމުގައި ވެ އެވެ. އަދި ސަރުކާރުގެ އިދާރާއެއްގެ ޒިންމާ އެންމެ ރަނގަޅުގޮތުގައި އަދާކުރާކަމަށް ބެލެވިދާނެތޯ އާއި ޤައުމެއްގެ ޑިމޮކްރަސީ ހަރުދަނާވެ ދާނީ މުޖުތަމައުގެ ކަންކަން ހުރިނެތް ގޮތެއްގެ މަތިން ހިންގޭ ސިޔާސީ ހަރަކާތުން ކަމަށް އަދި ތިމާއަށް ތިމާގެ އައިބެއް ނުފެންނަ ބީދައިން ސަރުކާރާށް ސަރުކާރުގެ ތެރޭގައި ހިނގާ ނޭތްގާނީ ކަންކަމެއް ގިނަ ފަހަރު ނުފެންނާނެ ކަމަށްވެސް އެމްޑީޕީގެ އެ ލިޔުމުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް