އޭއެފްސީ – ސީ ލައިސަންސް ކޯޗިން ކޯހެއް ލ އަތޮޅުގައި ފަށަނީ

ފެފްއޭއެމް އާއި ސައުތު ޕޮލިސް ޑިވިޒަނާއި ގަމު ކައުންސިލް އަދި ފަލި ޖަމިއްޔާއިން ގުޅިގެން އޭއެފްސީ – ސީ ލައިސަންސް ކޯޗިން ކޯހެއް ލ އަތޮޅުގައި ފެށުމަށް ތައްޔާރުވަމުން އެބަދެ އެވެ. ފުލުހުން ހާމަކުރާ ގޮތު...

14 Sep 2015 | 05:26

ފެފްއޭއެމް އާއި ސައުތު ޕޮލިސް ޑިވިޒަނާއި ގަމު ކައުންސިލް އަދި ފަލި ޖަމިއްޔާއިން ގުޅިގެން އޭއެފްސީ – ސީ ލައިސަންސް ކޯޗިން ކޯހެއް ލ އަތޮޅުގައި ފެށުމަށް ތައްޔާރުވަމުން އެބަދެ އެވެ.

ފުލުހުން ހާމަކުރާ ގޮތުގައި އޮކްޓޯބަރު މަހުގެ 18 އިން 31 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމުގައި، މިހާރުވެސް ފުޓްބޯޅައިގެ ދާއިރާގައި ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް އިންތިޒާމް ކުރާ ފަރާތްތަކުން މަޢުލޫމާތު ދޭ ކަމަށެވެ.

މި ކޯހާބެހޭގޮތުން ވާހަކަ ދައްކަވަމުން، ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވީ، ގްރާސް ރޫޓް ފުޓްބޯޅަ ފެސްޓިވަލް އަށް ފަހު، ފުޓްބޯޅައިގެ ފޯރިގަދަވަމުން އަންނަ ދުވަސް ވަރެއްގައި އޭ.އެފް.ސީ ގެ “ސީ ލައިސެންސް” ކޯޗިންގ ކޯހެއް ޒުވާނުންނަށް އަމާޒު ކޮށްގެން ބޭއްވޭކަމީ ފުޓްބޯޅައިގެ ފޯރި އިތުރަށް ގަދަވެގެން ދާނެކަމެއްކަމަށެވެ. އޭގެ އިތުރުން، މި ކޯހުގެ ސަބަބުން ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ޒުވާނުންނަކީވެސް އެ ދާއިރާއަކުން އުނގެނިގެންތިބި ޤާބިލްބަޔަކަށް ވެގެންދާނެކަމަށް ދެކެލައްވައިކަމަށްވެސް ކޮމާންޑަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވިއެވެ.

މި ކޯހުގައި ބައިވެރިވަން ޝަޢުޤުވެރިވާ ފަރާތްތަކުން 2015 ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ މެންދުރު 11:45 ގެ ކުރިން ސިޓީއަކުން ގަން ކައުންސިލްގެ އިދާރާއަށް ހުށަހަޅަން ޖެހެއެވެ.

މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު 22 ފަރާތަކަށް ދޭން ހަމަޖެހިފައިވާއިރު ކޯސް ފުރިހަމަކުރާ ފަރާތްތަކަށް، ރަށު ފެންވަރުގައި ނެރޭ ފުޓްބޯޅަ ޓީމް ތަކަށާއި  ސްކޫލް ތަކާއި ޕްރީސްކޫލް ތަކުގެ ދަރިވަރުންނަށް ހިންގޭ ޕްރޮގްރާމް ތަކުގައި ކޯޗެއްގެ ހައިސިއްޔަތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

ޒުވާނުން ބައިވެރިކުރުމުގެ ފުރުޞަތު ލ. އަތޮޅުގެ ހުރިހާ ކައުންސިލްތަކަކަށްވެސް ހުޅުވާލެވިގެން ކުރިއަށް ގެންދާ މި ކޯޗިން ކޯހުގައި ކިޔަވާދެއްވާނީ އެފްއޭއެމްގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް