އައްޑޫ ހައި ސްކޫލުގެ ދަރިވަރަކު ދުއްވަމުންދިޔަ ކާރެއް ރުކެއްގައި ޖެހި އެކްސިޑެންޓް ހިނގައިފި އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ ލިންކް ރޯޑްގަ އެވެ. އެކްސިޑެންޓް ވި ކާރުގައި ދުއްވަން އިނީ އައްޑޫ ހައިސްކޫލުގެ ގްރޭޑް 11 ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ކާރުގެ ކުރީކޮޅަށް ގެއްލުންތަކެއް ލިބިފައި ވެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައުލޫމާތު މިއަދު ހެނދުނު 6:45 ހާއިރު ލިބިފައި ވާކަމަށެވެ. އެކްސިޑެންޓް ހިނގި އިރު ކާރުގައި ދުއްވަން އިނީ 18 އަހަރު ނުފުރޭ ކުއްޖެއް ކަމަށް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް