ޑުބާއީގެ ވިޔަފާރިވެރިއެއް އޭނާގެ އަންހެން ދަރިފުޅުގެ އުފަންދުވަހަށް 75 މިލިއަން ޕައުންޑަށް ކޭކެއް ގަނެފިއެވެ.
މި އަގުބޮޑު ކޭކު ތައްޔާރުކޮށްފައިވަނީ އިނގެރޭސި ވިލާތުގެ ފެޝަން ޑިޒައިނަރެއް ކަމަށްވާ ޑެބީ ވިންހަމްއެވެ. ކޭކު އަޅަން ފެށުމުގެ ކުރިން އުމުރުން 33 ގެ ޑެބީވަނީ ކޭކު ގަތް މީހާ ހާމަނުކުރުމަށް އެގްރީމެންޓެއްގައިވަނީ ސޮއެކޮށްފައެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކޭކަށް މި ކޭކު ވެފައިވާއިރު، ކޭކުގެ ދިގުމިނަކީ 6 ފޫޓެވެ. ކޭކުގެ ޑިޒައިނުން ދައްކުވަދެނީ ފެޝަން ޕެރޭޑެއްގައި ހަރަކާތްރެރިވާ މޮޑެލްތަކެކެވެ. އަދި ދެ ފަޅީގައި ޑިޒައިނަރުން އެތުރިފައި ތިބޭއިރު، ޑިޒައިނަރުންގެ އަތުގައި ތަފާތު އަތް ދަބަސްތަކުގެ އިތުރުން ޓެބްލެޓާއި ސްމާރޓް ފޯނުތަށް ވެއެވެ.
ކޭކު ތައްޔާރުކޮށް ނިންމާލުމަށް ޖުމްލަ 1100 ގަޑިއިރު ބޭނުންވި ކަމަށް ޑެބީ ބުންޏެވެ. ކޭކުގައި 453 ކިލޯ ހުންނާނެ ކަމަށާއި ކޭކު ނިންމާލުމުން ކޭކު ގަތް ޑުބާއީގެ ވިޔަފާރިވެރިޔާ ހުރީ ވަރަށް އުފަލުން ކަމަށްވެސް ޑެބީ ބުނެފައިވެއެވެ.
ޑެބީއަކީ މިހާތަނަށް ދުނިޔޭގައި ތައްޔާރުކުރި އެންމެ އަގުބޮޑު ހެދުންވެސް ފަރުމާކޮށް އުފެއްދި ޑިޒައިނަރެވެ. އޭނާގެ ހެދުން ވިކިފައިވަނީ 11.5 މިލިއަން ޕައުންޑަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް