ގއ ދާންދޫގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އެ ރަށުގެ ދެ ސަރައްދެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި އެވެ.
ފުލުހުން ބުނީ މި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ވަގުތެއްގައި ހިންގި މި އޮޕަރޭޝަނަކީ ދާންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ދާންދޫގައި މިހާރު ހަރަކާތްތެރިވަމުންދާ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނުގައި ބަލައިފާސްކުރެވުނު ދެ ސަރަޙައްދުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ރަބަރު ހޮޅިކޮޅާއި 21 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.
މިމައްސަލަ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް