ރާއްޖޭގެ ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން "އެކުވެރިން 2015"ނަމުގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީން ޕްރޮގްރާމް ނިންމާލައިފި އެވެ.
އިއްޔެ ނިމުނު "އެކުވެރިން 2015" ޕްރޮގްރާމްގައި ރާއްޖޭ ސިފައިންގެ 45 ބޭކަލަކާއި އިންޑިއަން އާމީގެ 45 ބޭކަލަކު ބައިވެރިވި ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.
އަންނަ އަހަރު "އެކުވެރިން 2016"ގެ ނަމުގައި ދެ ގައުމު ގުޅިގެން ތަމްރީނު ޕްރޮގްރާމެށް ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ރާއްޖޭގަ އެވެ.
"އެކުވެރިން" މިނަމުގައި އިންޑިއާއާއި ރާއްޖޭގެ ސިފައިން ގުޅިގެން ތަމްރީނުތައް ކުރިއަސް ގެންދިޔަ މިއީ ހަވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި ނަމުގައި ޕްރޮގްރާމެއް ހިންގާފައިވަނީ 2007 ވަނަ އަހަރު އެވެ. މި ފަހަރުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާ، ކެރަލާގެ ޓްރިވެންޑްރަމް ސިޓީގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް