ސަލަފްގެ ރިހްލާ ޕްރޮގްރާމެއް މިއަހަރު ނޮވެމްބަރުގައި ފ އަތޮޅުގައި

ޖަމިއްޔަތުލްސަލަފްގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އައި ރިޙްލާ ޕްރޮގްރާމްގެ ދެވަނަ ޕްރޮގްރާމެއް އަންނަ ނޮވެމްބަރު މަހު ފ އަތޮޅުގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. ރިހްލާ ޕްރޮގްރާމް އަހަރ...

14 Sep 2015 | 02:16

ޖަމިއްޔަތުލްސަލަފްގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އައި ރިޙްލާ ޕްރޮގްރާމްގެ ދެވަނަ ޕްރޮގްރާމެއް އަންނަ ނޮވެމްބަރު މަހު ފ އަތޮޅުގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ރިހްލާ ޕްރޮގްރާމް އަހަރަކު އެއްފަހަރު ބާއްވަމުން އައި ނަމަވެސް މި އަހަރުގެތޭގައި ދެވަނަ ޕްރޮގްރާމެއް ބާއްވަން ނިންމީ ފ.އަތޮޅުގައި ރިޙްލާގެ ދަތުރެއް ބޭއްވުމަށްގިނަ ކަންތައްތަކެއް ފަސޭހަކަމާއެކީ ފަހިވެގެން ދިއުމުގެ ސަބަބުން ކަމަށް، ސަލަފުން މައުލޫމާތުދެއެވެ.

މި އަހަރު ކުރީކޮޅު ސަލަފްހެ ރިހްލާ ޕްރޮގްރާމް ބާއްވާފައިވަނީ ށ. އަތޮޅުގައެވެ.

ރިޙްލާގައި އާންމުކޮށް ހިމެނޭ ބައިތަކުގެ ތެރޭގައި ދީނީ ދަރުސްތަކުގެ އިތުރުން ވޯކްޝޮޕް ، މެޑިކަލް ކޭމްޕް އަދި ވޮކޭޝަނަލް ވޯކްޝޮޕް ފަދަ ހަރަކާތްތައް ހިމެނޭތީ ފ.އަތޮޅުގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ ރިޙްލާގައިވެސް ޢިލްމުވެރިންގެ އިތުރުން ޑޮކްޓަރުންނާއި އިޖްތިމާޢީ މަސައްކަތްތަކުގެ ފަންނުވެރިން ބައިވެރިވާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ސަލަފުން ބުންނެވެ.

ފ.އަތޮޅު ރިޙްލާ ކުރިއަށް ގެންދިއުމަށް ސަލަފުން ނިންމާފައިވަނީ ނޮވެމްބަރު މަހުގެ 26 އިން 28 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް