ދިވެހި ފުލުހުންގެ ލޯގޯ
މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފައިސާތަކެއްގެ ތެރެއިން 30 ހާހެއްހާ ޑޮލަރުގެ ފަރަގެއް ފާހަގަކުރެވިގެން އެކަން ވަކިން ތަހުގީގު ކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށް ފުލުހުން މިރޭ ބުނެފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއްގައި ސީޒް ކުރެވުނު ފައިސާއާއި ބެހޭގޮތުން ފާހަގަ ކުރެވުނު ޖުމުލަ ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"30 ހާސް ޔޫއެސް ޑޮލަރުގެ ފަރަގެއް ފާހަގަކުރެވިފައިވޭ، ހަލާކުވެފައިވާ ފައިސާވެސް ފައިސާ ބެހެއްޓިފައިވާ ތަނުން، ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ، އެކަން ފޮރެންސިކް މެދުވެރިކޮށް ދަނީ ބަލަމުން" ފުލުހުން ބުނެފައިވެއެވެ.
މިކަން ފާހަގަކުރެވުނީ އިއްޔެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް