މާލޭގެ އުސް އިމާރާތަކުން މިއަދު ހަވީރު ވެއްޓުނު އަންހެނަކު ނިޔާވެއްޖެއެވެ.
އެނގިފައިވާގޮތުގައި އެ އަންހެންމީހާ ވެއްޓުނީ މ. ހަސޯވާގޭގެ އަށްވަނަ ފަންގިފިލާއިންނެވެ. އެއީ އެމްޕީއެލްއާއި ކައިރި ސަރަހައްދެކެވެ.
އެއީ އަންހެނެއްކަން އެނގުނު ނަމަވެސް އެއީ ދިވެއްސެއްކަން ނުވަތަ ބިދޭސީއެއްކަން އަދި ސާފެއް ނޫނެވެ.
އެ އަންހެންމީހާ ލޮރީއަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ފުލުހުން ދެންމެ ބުނެފައިވަނީ މިއަދު މާލޭގެ ގެއެއްގެ މަތިން ވެއްޓި މީހަކު ނިޔާވި ހާދިސާ ތަހުގީގު ކުރަމުން އަންނައިރު މީހާ ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި އާއިލާގެ އިހްސާސްތަކަށް އިހްތިރާމުކޮށް ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.
މި ހާދިސާއާއި ގުޅޭ މާ ގިނަ ތަފްސީލުތަކެއް އަދި އެނގިފައެއް ނުވެއެވެ. އަދި ރަސްމީ އިދާރާއަކުން އެފަދަ މައުލޫމާތުތަކެއް ހިއްސާއެއް ކޮށްފައެއްވެސް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް