އަނެއްކާވެސް އިޓަލީގެ އަސްކަރީ ބޯޓުތަކެއް ރާއްޖެއަށް!

އަނެއްކާވެސް އިޓަލީގެ އަސްކަރީ ބޯޓުތަކެއް ރާއްޖެ އައިސްފިއެވެ. މިއަދު އިޓަލީގެ އަސްކަރީ 13 ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖައްސާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި ހަތް ޖެޓް ހިމ...

14 Aug 2024 | 09:27

އަނެއްކާވެސް އިޓަލީގެ އަސްކަރީ ބޯޓުތަކެއް ރާއްޖެ އައިސްފިއެވެ.

މިއަދު އިޓަލީގެ އަސްކަރީ 13 ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖައްސާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި ހަތް ޖެޓް ހިމެނޭ ކަމަށް ވެސް ބައެއް މަސްދަރުތަކުން ވަނީ މައުލޫމާތު ލިބިފައެވެ.

ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އޮފިޝަލަކު ވިދާޅުވީ، އެ އުޅަނދުތައް ވީއައިއޭއަށް ޖެއްސީ ރިފީލް ކުރަން ކަމަށެވެ.

އަދި އެއަށް ފަހު އެ އުޅަނދުތައް ރާއްޖެއިން ފުރާނީ މެލޭޝިއާއަށް ކަމަށެވެ. މި އުޅަނދުތައް ރާއްޖެއިން ފުރާ ގަޑިއެއް އަދި ނޭގޭ ކަމަށް ވެސް އެބޭފުޅާ ވިދާޅުވެފައި ވާކަމަށް މީޑިއާތަކުން މައުލޫމާތު ލިބިއެވެ.

ދާދި ފަހުން ވަނީ އިޓަލީގެ އަސްކަރީ ހަތަރު ބޯޓެއް ވެސް ރާއްޖެ އައިސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް