ގޯތި ގުރުލުމާއި ހުޅުމާލެއިން ގޯތި ލިބޭ މީހުންނަށް ގޯތި ކަނޑައިދިނުންވެސް މާދަމާ

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތުލުން މާދަމާ އޮންނާނެކަމަށާއި އަދި ހުޅުމާލެއިން ބިން ލިބޭ ފަރާތްތަކަށް ގޯތި ކަނޑައިދިނުންވެސް މާދަމާ ފަށާނެކަން ނޭޝަނަލް...

14 Aug 2023 | 17:55

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތުލުން މާދަމާ އޮންނާނެކަމަށާއި އަދި ހުޅުމާލެއިން ބިން ލިބޭ ފަރާތްތަކަށް ގޯތި ކަނޑައިދިނުންވެސް މާދަމާ ފަށާނެކަން ނޭޝަނަލް ހައުސިން އެންޑް އިންފްރާސްތްރަކްޗާ މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިރޭ މިކަން ހާމަކޮށްފައިވަނީ މިކަމާއި ގުޅޭގޮތުން މައުލޫމާތުދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން 18،955 ފަރާތަކަށް ޝަރުތު ހަމަވެފައިވާއިރު ގުރުއަތު ނެގުން މާދަމާ ހެނދުނު 11:00ގައި ގަލޮޅު ދަނޑުގައި ފަށާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ޕްލޮޓް ނަމްބަރު އެނގި ހުޅުމާލެއިން ގޯތި ލިބޭ ފަރާތްތައް ބިންކަނޑަން ދާންވީ ތަނާއި ވަގުތު ފޯނުން ގުޅައި އަންގާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން މިރޭ އިތުރަށް ބުނީ ގުރުއަތު ނަގަން ދާންވީ ވަގުތު މިރޭ 10:00 އިން ފެށިގެން ޕޯޓަލްއިން ފެންނާނެ ކަމަށާއި އެ ގަޑިއަށް ގަލޮޅު ދަނޑަށް ދިއުމުން ގޯތި ލިބޭ އަކަފޫޓުން ފޮށިތައް ބަހައްޓާފައި ހުންނާނެކަމަށެވެ. އަދި އެ ފޮށިތަކުން ނަގާ ކަރުދާސްކޮޅުގައި ޕްލޮޓް ނަމްބަރާއި ގޯތި ލިބޭތަން ލިޔެފައި އޮންނާނެކަމަށްވެސް މިރޭ އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް