އައްޒަ އާއި ރިޝްމީއަށްވެސް ފުރަތަމަ ބުރުން ގޯތި ލިބޭ

ބިންވެރިޔާ ސްކީމުން މާލެ ސަރަޙައްދުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމުކޮށްފައި ވާއިރު، ފުރަތަމަ ބުރުން ގޯތި ލިބޭ މީހުންގެ ތެރޭގައި މަޝްހޫރު ފިލްމީ ދެތަރިން ކަމުގައިވާ މަރިޔަމް ...

14 Aug 2023 | 14:29

ބިންވެރިޔާ ސްކީމުން މާލެ ސަރަޙައްދުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމުކޮށްފައި ވާއިރު، ފުރަތަމަ ބުރުން ގޯތި ލިބޭ މީހުންގެ ތެރޭގައި މަޝްހޫރު ފިލްމީ ދެތަރިން ކަމުގައިވާ މަރިޔަމް އައްޒަ އާއި ދައްތަ އައިޝަތު ރިޝްމީއަށްވެސް ގޯތި ލިބިއްޖެއެވެ.

ފުރަތަމަ ބުރުން ގޯތުިލިބޭ މީހުންގެ ގޮތުގައި މި ދެތަރިން ހިމެނިފައި ވާއިރު، ދެތަރިން ލާފައި ވަނީ ޖޮއިންޓް ފޯމެކެވެ.

ހައުސިންގް މިނިސްޓްރީން ބުނީ، ދާއިމީ ލިސްޓްގައި “ފުރަތަމަބުރުގައި ގޯތި ލިބޭ”  ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކަނީ ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރުފަޅުން މިވަގުތު ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ބިމުން ގޯތި ލިބޭ ފަރާތްތައް ކަމަށެވެ.

އަދި ދާއިމީ ލިސްޓްގައި “ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ” ސްޓޭޓަސްގައިވާ ފަރާތްތަކަކީ ގޯތި ދޫކުރުމަށް އިތުރަށް ލިބޭ ބިމުން ގޯތި ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަތް ކަމަށެވެ..

އެހެންކަމުން ދާއިމީ ލިސްޓްގެ  “ފުރަތަމަ ބުރުގައި ގޯތި ލިބޭ”  ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކުން، ހައުސިންގް މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް ގޯތީގެ ގުރުއަތުލުމާއި، ގޯތި ކެނޑުމުގެ ކަންކަން ކުރިއަށްގެންދެވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ގުރުއަތުލުމަށް ހާޒިރުވާނެ ތަނާއި ވަގުތު އޮންލައިން ޕޯޓަލް މެދުވެރިކޮށާއި އެސް.އެމް.އެސް އަދި އީ-މެއިލް ގެ ޒަރީޢާއިން އަންގަމުންގެންދާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ..

މިހެންވެ، މިކަން އާއްމުކޮށްއަންގާ އިޢުލާނުކުރީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް