ބީއެމްއެލް ކްރެޑިޓް ކާޑުން ވިޔަފާރިކޮށްގެން މެލޭޝިއާ އާއި ތައިލަންޑަށް ދިޔުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ. ބީއެމްއެލް އިން ބުނާގޮތުގައި...

14 Aug 2023 | 12:01

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

ބީއެމްއެލް އިން ބުނާގޮތުގައި މި ޕްރޮމޯޝަނަކީ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ހުރިހާ ހަރަދެއް ހިމެނޭހެން މެލޭޝިއާ އާއި ތައިލެންޑަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އަދި އަލަށް ކްރެޑިޑް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ތިރީގައިވާ އިނާމުތައް ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި އިނާމުތަކަކީ

  • 31 އޮކްޓޫބަރު 2023 ގެ ކުރިން ކްރެޑިޓް ލިމިޓްގެ %80 ބޭނުންކުރާ ފުރަތަމަ 300 ކަސްޓަމަރުންނަށް 1،500 ރުފިޔާގެ ކޭޝްބެކް ލިބޭނެ.
  • 31 އޮކްޓޫބަރު 2023 ގެ ކުރިން ބީއެމްއެލް ރިވާޑްސްއަށް ރަޖިސްޓަރކުރާ އައު ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އިތުރު 1000 ރިވާޑް ޕޮއިންޓް ލިބޭނެ.

މީގެ އިތުރަށް، އަލަށް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި މިހާރުވެސް ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންގެ ތެރެއިން 31 އޮކްޓޫބަރު 2023 ގެ ކުރިން ކްރެޑިޓް ކާޑުން 3000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލް އިން ބުނއެވެ.

އިތުރު މައުލޫމާތު ހޯދުމަށްޓަކައި https://www.bankofmaldives.com.mv//spend-win ގެ ލިންކްއަށް ޒިޔާރަތްކުރެއްވުމަށް ބީއެމްއެލް އިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް