ޖޭޕީގެ ވެރިކަމުގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަން: ޑރ. އަމީން

ވެރިކަން ލިބިއްޖެ ނަމަ، ދައުރު ނިމެންވާއިރަށް ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ވިދ...

14 Aug 2023 | 08:36

ވެރިކަން ލިބިއްޖެ ނަމަ، ދައުރު ނިމެންވާއިރަށް ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކަށަވަރު ބޯހިޔާވަހިކަން" މި ޝިއާރުގެ ދަށުން މ ކުނޫޒްގައި ރޭ ކުރިޔަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ޖޭޕީއަށް ވެރިކަން ލިބިއްޖެ ނަމަ، ގާސިމްގެ ދައުރުގެ ފަސް އަހަރު ނިމެންވާއިރަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް ގާސިމް ވިދާޅުވެފައިވާ ކަމަށެވެ.

އެ ކަންތައްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ހާއްސަކޮށް ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބިއެ ހުރިހާ ރައްޔިތުންނަށް ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް އަމީން ވިދާޅުވިއެވެ..

އާދެ "ކަށަވަރު ބޯހިޔާވަހިކަން" މި މައިގަނޑުގެ ދަށުން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތަކަކީ އެއްވެސް ޝައްކެއް ނެތްގޮތެއްގައި އަޅުގަނޑަށް ގަބޫލުކުރެވެނީ އެއީ ހަމަ ވަރަށް ބައްލަވާފަ އަދި އެކަންކަން ކޮށްދެވޭނެކަމުގެ ޔަގީންކަން ހޯއްދަވާފަ ވެވަޑައިގަންނަވާ ވައުދުތަކެއް.

އަމީން އިބްރާހިމް

ބޯހިޔާވަހިކަމަކީ ރާއްޖޭގައި މިއަދަކު އެކަނި އޮތްކަމެއް ނޫން ކަމަށާއި މިއީ ރާއްޖޭގައި ވަރަށް ކުރީއްސުރެ ފެށިގެންވެސް އޮތް މައްސަލައެއް ކަމަށް އަމީން ވިދާޅުވިއެވެ..

މީގެ އިތުރުން އަމީން ވިދާޅުވީ، މިއަދު ރާއްޖޭގައި ގެދޮރުގެ ކަންތައްތައް ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ ރާއްޖޭގައި ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑަށް އެއަށް ޑިމާންޑް ކުރާކަމެއް ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ކަށަވަރުވުމަކީ ޖޭޕީގެ ވެރިކަމުގެ ފަސް އަހަރު ނިމެންވާއިރަށް ކޮށްދޭނެ ކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް