އިބުރާ އެމްޑީޕީން އިސްތިއުފާ ދެއްވައި

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމުގައިވާ އިބްރާހިމް އިސްމާއީލް (އިބުރާ) އެމްޑީޕީއިން އިސްތިއުފާ ދެއްވައިފިއެވެ. އިބުރާ އިސްތިއުފާ ދެއްވީ، އެމްޑީޕީއިން މިހާރު ގެންގުޅޭ ހަމަތަކާ...

14 Aug 2023 | 07:53

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމުގައިވާ އިބްރާހިމް އިސްމާއީލް (އިބުރާ) އެމްޑީޕީއިން އިސްތިއުފާ ދެއްވައިފިއެވެ.

އިބުރާ އިސްތިއުފާ ދެއްވީ، އެމްޑީޕީއިން މިހާރު ގެންގުޅޭ ހަމަތަކާއި އުސޫލުތައް ކަމު ނުދާކަމަށް ބުނަމުންނެވެ.

އިސްތިއުފާގެ ސިޓީގައި އިބުރާ ވިދާޅުވީ، އެމްޑީޕިއަށް މި ދައުރުގައި ވެރިކަން ލިބުމަށްފަހު އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާނޫނު އިސްލާހު ކުރެވޭ ވަރަށް އެމްޑީޕީ މެމްބަރުންނަށް ރައްޔިތުން ވޯޓު ދިނީ  އިންސާފަށް ހުރި ހުރަސްތައް ނައްތާލައި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދޭނެ ސަރުކާރެއް އެކުލަވާލަން ކަމަށެވެ.

ނަމަވެސް މި ދައުރުގައި ފެނުނީ އެކަންކަން ކުރިއަށްވުރެ ވެސް ގޯސްކޮށް ދިޔަތަން ކަމަށް އިބުރާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާެރު މިއަދު ހިނގަމުން ދަނީ ދައުލަތުގެ މުދަލާއި ފައިސާ އަކީ ރައީސްގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ހޭދަކުރާ އެއްޗެއް ކަމުގައި ދެކޭ މީހުންނަށް ކަމަށެވެ. އަދި ހެޔޮނިޔަތުގައި ކަމެއް ކުރާ މީހުންނަށް އަނިޔާވެރި ވުމަށް އެ ފައިސާ ހޭދަ ކުރާ ކަމަށް އިބުރާ ވިދާޅުވިއެވެ.

އެހެންކަމުން އޭނާ އެމްޑީޕީއިން އިސްތިއުފާ ސެއްވީ، އަމިއްލަ ބަސް ނުވިކޭ ތަނެއްގައި ހުންނަން ބޭނުން ނުވާތީ ކަމަށް އިބުރާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް