އިންތިހާބީ ފީގެ އެއްލައްކަ ރުފިޔާ ދެއްކީ ދެމަފިރިން ރައްކާކުރި ފައިސާއިން: ޒަމީލް

އިންތިހާބީ ފީގެ އެއްލައްކަ ރުފިޔާ ދެއްކީ ދެމަފިރިން ރައްކާކުރި ފައިސާއިން ކަމަށާއި، ކެމްޕޭނު ކުރަން އެހާގިނަ ފައިސާ ނެތް ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ކެނޑިޑޭޓް ހަސަން ޒަމީ...

14 Aug 2023 | 06:41

އިންތިހާބީ ފީގެ އެއްލައްކަ ރުފިޔާ ދެއްކީ ދެމަފިރިން ރައްކާކުރި ފައިސާއިން ކަމަށާއި، ކެމްޕޭނު ކުރަން އެހާގިނަ ފައިސާ ނެތް ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ކެނޑިޑޭޓް ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

މިޙާރު އުމުރުފުޅުން 60 އަހަރު ވެފައިވާ ޒަމީލް ވިދާޅުވީ، ޅަ އުމުރުގައި ކުދިން ލިބި، މިހާރު އެކުދިން ބޮޑެތިވެފައިވާ ކަމަށެވެ. ބޮޑެތި ވެފައިވާ ދެދަރިން އެމީހުންގެ ހަރަދުތައް އަމިއްލައަށް ބަލަހައްޓާތީ އެމީހުންނަށް ހަރަދު ކުރަން ނުޖެހޭ ކަމަށް ޒަމީލް ވިދާޅުވިއެވެ.

މީގެ ދުވަސްކޮޅެއް ކުދިން ރިޓަޔާ ކޮށްފައިވާ ޒަމީލްގެ އަނބިކަނބަލުންގެ ފައިސާއިންނާއި، ޒަމީލް ފަތުރުވެރިކަމުގެ ދާރިރާގައި އުޅުއްވުމަށްފަހު ރިޓަޔާކޮށް، އޭގެ ފަހުން ސިޔާސީ މަގާމެއް އަދާކުރައްވައި އެކަށީގެންވާ ފައިސާކޮޅެއް ރައްކާ ކުރެވިފައި ވާތީ، އެ ފައިސާއިން އިންތިހާބީ ފީ ދެއްކުނު ކަމަށް ޒަމީލް ވިދާޅުވިއެވެ. ނަމަވެސް ފީ ބޮޑުކަން ފާހަގަ ކުރެއްވިއެވެ.

"އެއްލައްކަ ރުފިޔާ އަކީ އަޅުގަނޑު ކަހަލަ މީހަކަށް ވަރަށް ބުރަ އެއްޗެއް. އަޅުގަނޑަކީ އިތުރު އާމްދަނީއެއް ލިބޭ މީހެއްނޫން.

ހަސަން ޒަމީލް

ޒަމީލް ވިދާޅުވީ އެ ފައިސާއަކީ އޭނާ ރައްކާކޮށްފައިވާ އެއްޗަކުން ރައްޔިތުންނަށް ހަދިޔާ ކުރާ އެއްޗެއް ގޮތަށް ދެކުނަސް މައްސަލައެއް ނެތް ކަމަށެވެ.

އެވަރުން އިންތިހާބަށް ކުރިމަތިލީ، ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވެފައި ހުރި ވަރުން ކަމަށް ޒަމީލް ވިދާޅުވިއެވެ. ހުރިހާ ދަތިތަކާއެކުވެސް ރައްޔިތުންނަށް އަތް ދިއްކޮށްލެވީ ކަމަށާއި އެ އަތުގައި ރައްޔިތުން ހިފައިފިނަމަ އެއީ ރައްޔިތުން އަމިއްލައަށް ރައްޔިތުންނަށް ހޯދޭ އެހީތެރިކަމެއް ކަމަށް ޒަމީލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް