އިހަވަންދޫގެ މަސްވެރިކަމުގެ ސިނާއަތު ނަގައި ކޮޅަށްޖަހައިދޭނަން: މުއިއްޒު

ހއ. ހަވަންދޫގެ މަސްވެރިކަމުގެ ސިނާއަތު ނަގާ ކޮޅަށް ޖަހައިދޭނެ ކަމަށާއި މަސްވެރިން އެދުނު ހުރިހާ ކަމެއްވެސް ކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގ...

14 Aug 2023 | 03:13

ހއ. ހަވަންދޫގެ މަސްވެރިކަމުގެ ސިނާއަތު ނަގާ ކޮޅަށް ޖަހައިދޭނެ ކަމަށާއި މަސްވެރިން އެދުނު ހުރިހާ ކަމެއްވެސް ކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް އިހަވަންދުއަށް ވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު ވިދާޅުވީ، އިހަވަންދުއާއި މާރަންދޫ އަދި މޮޅަދޫ ރައްޔިތުންގެ ފަރާތުން ވަރަށް ގިނަ ކަންތައްތަކެއް ހުށަހަޅާފައި ވާކަމަށެވެ. ޕީޕިއެމް ކޯލިޝަނަކީ ތަރައްގީގެ ފިކުރުގެ މީހުންކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، މުއިއްޒު ހޮއްވަވައިފިނަމަ ގައުމުން ފެނިގެން ދާނީ ތަރއްގީގެ ރަން ޒަމާން ކަމަށެވެ.

މުއިއްޒު އިހަވަންދޫ ސިފަކުރެއްވީ މަސްވެރި ހަބެއްގެ ގޮތުގައެވެ. ނަމަވެސް ފެނިގެން ދަނީ ސަރުކާރުން އެރަށުގެ މަސްވެރިކަމަށް ވަރަށް ބޮޑަށް އިހުމާލު ވެފައި ވާތަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އެރަށުގެ މަސްވެރިކަމުގެ ސިނާއަތި ހަވާލުވެގެން ގޮސްފައިވާތަން ފެނިވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ

އިހަވަންދޫގެ މަސްވެރިކަމުގެ ސިނާއަތު ނަގާ ކޮޅަށް ޖަހައިދިނުމަށްޓަކައި، މަސްވެރިންގެ ފަރާތުން އެދިފައިވާ ހުރިހާ ކަމެއްވެސް، މަސްވެރިންގެ މަޝްވަރާޔާ އެކުގައި ތަރުތީބުން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން އެންމެ މުހިންމު ކަމަކަށް މުއިއްޒު ފާހަގަ ކުރެއްވީ، މީހުން ދިރިއުޅޭ ހިސާބާ ގާތުގައި ދޯނި ބަނުމަށް މަސައްކަތް ކުރާ ތަންތަން ހުރުމެވެ. އެއަކީ ،ނޭވާލާ ނިޒާމަށް ގެއްލުންވާނެ ކަމެއް ކަމަށާއި، އެއްވެސް ރަށެއްގައި އެފަދަ ކަމެއް ހުންދަ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

. ނަމަވެސް ރަށުގެ ހާލަތު ހުރި ގޮތުން އިހަވަންދޫގައި އެކަން އެގޮތަށް ކުރި ނަމަވެސް، މަސްވެރިކަމުގެ ސިނާއަތަށާއި ރައްޔިތުންގެ އާއްމު ސިއްތަހަށް ޓަކައިޗެސް އެކަމަށް ހައްލެއް އަންނަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އިހަވަންދޫ ކައިރީގައި އޮތް ދިގުފަރު ހިއްކައިގެން، އިހަވަންދޫ ރައްޔިތުން ބޭނުންވާ ގޮތަށް ދެރަށް ގުޅުވާލައި، އެއީ ސިނާއީ މަސައްކަތް ކުރޭ ރަށެއް ގޮތަށް ކަނޑައަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން އިހަވަންދޫ މަސްވެރިންނަށް މުއިއްޒު ވީ ވައުދުތަކުގެ ތެރޭގައި ހިމެނެނީ ކޯލްޑް ސްޓޯރޭޖެއް ގާއިމު ކުރުމާއި، ފިޝް ކަލެކްޓަރ ސެންޓަރެއް ގާއިމު ކޮށްދިނުމާއި، އާ އައިސްޕްލާންޓަކާއި ތެޔޮ ލިބޭނެ ގޮތަށް މަގުފަހި ކޮށްދިނުމެވެެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް