ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެނޑިޑޭޓް އަހުމަދު ފާރިސް މައުމޫންގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެވޭނީ ތައުލީމީ ވަކި ފެންވަރެއް ހުރެގެން ކަމަށް ފާރިސް ވިދާޅުވެއްޖެއެވެ.
ފާރިސް މިހެން ވިދާޅުވީ، ރިޔާސީ މެނިފެސްޓޯ އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންންނެވެ،
ފާރިސް ވިދާޅުވީ، ފާރިސްއާއި ޑރ. އަބްދުއްސައްތާރާ ދެމީހުން އިޚްތިޔާރު ކުރަންވީ މީއްވެގެން ބާއޭ އާއްމުްނގެ ހިތަށް އަރާފާނެ ކަމަށެވެ.
އޭގެ ޖަވާބެއްގެ ގޮތުގައި ފާރިސް ވިދާޅުވީ، ޑރ. އަބްދުއްސައްތާރަކީ ދިގު ހިދުމަތެއްގެ ވެރި ތައުލީމީ މޮޅު ބޭފުޅެއް ކަމަށެވެ. އަދި ފާރިސް އަކީވެސް ގިނަ އިހުކާސްތެރި ކަމާއެކު ސަރުކާރުގެ ގިނަ ވަޒީފާތަކެއް އަދާކުރައްވާފައިވާ މީހެއް ކަމަށެވެ..
އެހެންކަމުން ފާރިސްގެ މަގާމުތަކުގެ ރެކޯޑާއި މެނިފެސްޓޯއަށް ބެލުމަށްފަހު ފާރސިްއަށް ތާއީދު ކޮށްދިނުމަށް އާއްމުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.
މީގެ އިތުރުން ފާރިސް ވިދާޅުވީ، ޕާޓީގެ ގޮތުން ކުރިމަތިލި ނަމަ ވޯޓު ނުލާނެ ކިތަންމެ މީހެއް މިހާރު ވޯޓު ދޭނެ ކަމަށެވެ. އަދި ރަނިންމޭޓް ޑރ. އަބްދުއްސއްތާރުވެސް ރަނިންމޭޓްގެ މަގާމަށް އެއްބަސްވީ ފާރިސް އަމިއްލަ ގޮތުން ކުރިމަތި ލައްވާތީ ކަމަށެވެ.
ދިވެހިތާއްޖޭގެ ސިޔާސީ ޕާޓީއައް އަމަލު ކޮށްފައިވާ ގޮތުން ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް ފާރިސް ވިދާޅުވިއެވެ.
އެކަން ބަދަލު ކުރަން ރައްޔިތުން ބޭނުންވާކަން ފާހަގަ ކުރައްވައި ފާރިސް ވިދާޅުވީ، ރިޔާސީ ރޭހަށް ނުކުމެ އާއްމުންގެ ހިޔާކު ހޯއްދެވި ކަމަށެވެ.
އޭގެ ތެރެއިން ގިނަ ބަޔަކު ބުނެފައި ވަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އައުމަށް ކަމަށާއި ޕާޓީއެއްގެ ޓިކެޓް ހިފައިގެން އެ ވިއްކަން ނުދިއުމަށް އެދިފައިވާ ކަމަށެވެ..
ފާރިސްގެ މެނިފެސްޓޯއަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅިވީ، އޭނާގެ ވެރިކަމެއްގައި މަޖިލީހަށް ކުރިމަތި ލެވޭނީ ތައުލީމީ ވަކި ފެންވަރެއް ހުރެގެން ކަމަށެވެ. އަދި ކޮންމެ ދާއިރާއަކަށް ކުރިމަތިލެވޭނީ އެ ދާއިރާއަކަށް ކޮންމެވެސް ވަރެއްގެ ގުޅުމެއް ހުރި، އެ ދާއިރާއަކަށް ނިސްބަތްވާ މީހަަކަށް އެކަނި ކަމަށެވެ. ފާރިސްގެ މެނިފެސްޓޯގެ ސިޔާސަތު ތަކުގެ ތެރޭގައި މަޖިިލިސް އިސްލާހު ކުރުން ހިަނާފައި ވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު މަޖިލިސް ކުރިއަށް ދަނީ އެ އުސޫލުން ނޫންކަން ފާހަގަ ކުރައްވައި ފާރިސް ވިދާޅުވީ، އެ އުސޫލު ކޮނޑަށް ލައިގެން ނުކުންނަ ސިޔާސީ ލީޑަރުން ތިނބެންޖެހޭ ކަމަށެވެ. ސަބަބަކީ އެއީ ރައްޔިތުންގެ ބަސް ކަމަށް ވާތީ ކަމަށެވ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް