ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ، އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫނުފެ ރިޔާސީ މެނިފެސްޓޯ އާއްމުކޮށްފިއެވެ.
ރޭ ބެއްވި ޖަލްސާއަކީ ފާރިސްއާއި ރަނިންމޭޓް ޑރ. އަބްދުއްސައްތާރު ޔޫސުފްގެ ކެމްޕޭން ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާއެކެވެ.
އެ ޖަލްސާގައި ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ފާރިސްގެ މަންމާފުޅު ނަސްރީނާ އިބްރާހިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކެމްޕޭން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ފާރިސްއާއި ރަނިންމޭޓް އަބްދުއްސައްތާރެވެ.
ރޭގެ ހަފްލާގައި ވަނީ ފާރިސްގެ މެނިފެސްޓޯ ވައުދުތައް އާއްމުކޮށްފައެވެ. އެގޮތުން ފާރިސްގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުތަކަކީ:-
- އިސްލާމް ދީނުގެ ރިވެތި އުސޫލުތައް ދެމެހެއްޓުން
- ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް ހެޔޮ ވެރިކަން ކުރުން
- އިސްލާހީ ބަދަލުތަކުގެ ސަބަބުން ގެންނަ އިގްތިސޯދީ އިންގިލާބު
- ޑިޖިޓަލް އިކޮނޮމީ
- އާއްމު ދިރިއުޅުމުގެ ޚަރަދުތަކަށް ހައްލު ހޯދުން
- އުފެއްދުންތެރިކަން އިތުރުކޮށް ވަރުގަދަ ކުރުން
- ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ ގެނައުން
- ޖަލަކީ އެންމެ ފަހު ފިޔަވަޅަށް ހެދުން
- ރިސޯޓްތަކާއި ގެސްޓްހައުސްތައް ވަކި ގިންތިއެއްގެ ގޮތުގައި ތަފާތުކޮށް ކަނޑައެޅުން
- އާއްމު ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ އަދަދު ލުއިފަސޭހަ ކުރުން
- ރަށު ކައުންސިލަށް ސީދާ އާމްދަނީ ލިބޭނެ ގޮތް ފުޅާކުރުން
- ތައުލީމީ ނިޒާމު އިސްލާހު ކުރުން
- ރައްޔިތުންގެ މަޖިލިސް އިސްލާހު ކުރުން
- މާލޭގެ މަގުތަކުގެ ތޮއްޖެހުން ހައްލު ކުރުން
- މިންތީގެ ހަމަހަމަކަން
ފާރިސް މައުމޫނަކީ އެމްއާރްއެމްގެ ރައީސްއެވެ. ނަމަވެސް އެ ޕާޓިގެ މެމްބަރުންގެ އަދަދު ހަމަ ނުވުމާ ގުޅިގެން އެ މައްސަލަ ކޯޓުގައި ކުރިއަށް ދާތީ، ޕާޓިގެ ނަމުގައި ފާރިސްއަށް ވާދަ ނުކުރެވުނީއެވެ. އަމިއްލަ ގޮތުން ފާރިސް އިްތިހާބަށް ނުކުންނެވީ އެހެންވެއެވ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް