ލާމު ފޮނަދޫގައި މިހާރު ކުުރިއަށްދާ “ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު” ގައި މިރޭ ކިއުއެމް ސްޕޯޓްސް އެކަޑަމީ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ސިކްސް ސެންސް ލާމު ދަތުރުކޮށްފިއެވެ.
މިރޭ ކިއުއެމް ސްޕޯޓްސް އެކަޑަމީއާއި ދެކޮޅަށް ކުޅުނު ގުރޫޕު ސްޓޭޖުގެ ފަހު މެޗުން ސިކްސް ސެންސް ލާމު މޮޅުވީ 1-5 ގެ ނަތީޖާއިންނެވެ.
ގުރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ޖުމުލަ ނުވަ ޕޮއިންޓާއި އެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ސިސްކް ސެންސް ލާމުން ދަތުރު ކުރިއިރު، އެ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ އަށް ދަތުރު ކޮށްފައިވަނީ ޑީކޭއެމްޒެޑް ސްޕޯޓްސް ކުލަބެވެ. ޑީކޭއެންޒެޑާއި ކިއުއެމް އަށް ވެސް އެއްވަރަކަށް ޕޮއިންޓު ލިބިފައިވާއިރު، ކުއާޓާއިން ޑީކޭއެންޒެޑަށް ފުރުސަތު ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ގުރޫޕު އޭގައި ހިމެނޭ ކިއުއެމް އާއި ގޯޅި ޔޫތް މުބާރާތުން ކަޓާފައިވާއިރު، ގޯޅި ޔޫތު މުބާރާތުން ކެޓީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެވި އެއްވެސް ޕޮއިންޓެއްވެސް ނުހޯދިއޮވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް