އެފްވައިއެފްސީ 2022 - ހަފެލެ އެފްސީ ފަނުފުލުން ގޮސް މުބާރާތުން ކަޓައިފި

ލާމު ފޮނަދޫގައި މިހާރު ކުުރިއަށްދާ “ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު” ގައި މިރޭ އިސްދޫ ޖައުންސިލްގެ ޓީމާއި ދެކޮޅަށް ކުޅުނު މެޗު ތަފާތުބޮޑު ނަތީޖާއަކުން ބަލިވެ ހެފެލެ އެފްސީ މުބާރާތާއި އަލްވަދާއު ކިޔައިފި...

14 Aug 2022 | 17:15

ލާމު ފޮނަދޫގައި މިހާރު ކުުރިއަށްދާ “ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު” ގައި މިރޭ އިސްދޫ ޖައުންސިލްގެ ޓީމާއި ދެކޮޅަށް ކުޅުނު މެޗު ތަފާތުބޮޑު ނަތީޖާއަކުން ބަލިވެ ހެފެލެ އެފްސީ މުބާރާތާއި އަލްވަދާއު ކިޔައިފިއެވެ.

މިރޭ އިސްދޫ ކައުންސިލުގެ ޓީމާއި ދެކޮޅަށް ކުޅުނު މެޗުން ހަފެލެ އެފްސީ ބަލިވީ 0-20 ގެ ނަތީޖާއިންނެވެ.

މިރޭގެ މެޗުން ބޮޑު ނަތީޖާއަކުން ބަލިވެ ހަލެފެ އެފްސީ މުބާރާތުން އަލްވަދާއު ކީ މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެގެންނެވެ.

މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ހަފެލެ އެފްސީން ކުޅުނު ތިން މެޗުން ވެސް ބަލިވެ މުބާރާތުން ކަޓާފައިވާއިރު، އެޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވީ ކަންމަތީ އެސްސީއާއި ވާދަކޮށް 2-21 ގެ ނަތީޖާއިންނެވެ. އަދި ދެވަނަ މެޗުގައި އެލްވައިޑީއާއި ވާދަކޮށް އެޓީމު ބަލިވެފައިވަނީ 0-12 ގެ ނަތީޖާއިންނެވެ. އަދި ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި މިރޭ އިސްދޫ ކައުންސިލާއި ވާދަކޮށް ބަލިވެފައިވަނީ 0-20 ގެ ނަތީޖާއިންނެވެ.

މި މުބާރާތުގައި ހަފެލެ އެފްސީ ކުޅުނު ތިން މެޗުގައި އެޓީމުގެ ބައިކޮޅަށް ޖުމުލަ 53 ލަނޑު ވަދެފައިވެއެވެ. އަދި އެޓީމަށް ތިން މެޗުން ކާމިޔާބު ކުރެވިފައިވަނީ އެންމެ ދެ ލަނޑެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ބައިކޮޅަށް އެންމެ ގިނަ ލަނޑުވަދެ މުބާރާތުން ކަޓައިގެން ދިޔަ ފުރަތަމަ ޓީމުކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް