ލާމު ފޮނަދޫގައި މިހާރު ކުުރިއަށްދާ “ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު” ގައި މިއަދު ހަވީރު ކުޅުނު މެޗު ތަފާތުބޮޑު ނަތީޖާއަކުން ޑީކޭއެންޒެޑް ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ.
ގޯޅި ޔޫތް އެކްސް އާއި ބައްދަލުކުރި މި މެޗު ޑީކޭއެންޒެޑް ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 0-14 ންނެވެ. މިއީ ޑީކޭއެންޒެޑުން މި މުބާރާތުގައި މޮޅެއް ހޯދުނު ފުރަތަމަ މެޗެވެ. އަދި މިއީ ދެޓީމަށް ވެސް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު އެންމެ ފަހު މެޗެވެ. މި މެޗާއި އެކު ގޯޅި ޔޫތަށް ޕޮއިންޓެއް ނުލިބި މުބާރާތާއި ވަކިވެގެން ދާން ޖެހުނުއިރު، ޑީކޭއެންޒެޑަށް އަދި މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އެޓީމަށް ކުއާޓާ ފައިނަލް ޔަގީން ވާނީ މިރޭ ސިކްސް ސެންސް ލާމާއި ކިއުއެމް ސްޕޯޓްސް އެކަޑަމީ ބައްދަލުކުރާ މެޗަށް ފަހު މި މެޗުން ނިކުންނަ ނަތީޖާއަކުންނެވެ.
ޑީކޭއެންޒެޑް މި މުބާރާތުގެ ގުރޫޕު ސްޓޭޖު ނިންމާލިއިރު، އެޓީމު ފުރަތަމަ ސިކްސް ސެންސް ލާމާއި ދެކޮޅަށް ކުޅުނު މެޗުން 2-6 ގެ ނަތީޖާއިން ވަނީ ބަލިވެފައެވެ. އޭގެ ފަހުން ގުރޫޕު ސްޓޭޖުގެ ދެވަނަ މެޗުގައި ކިއުއެމް ސްޕޯޓްސް އެކަޑަމީއާއި ވާދަކޮށް 2-2 ގެ ނަތީޖާއިން ވަނީ އެއްވަރުވެފައެވެ. އެހެން ކަމުން އެޓީމު މިވަގުތު އޮތީ ހަތަރު ޕޮއިންޓާއި ފައިދާ އެގާރަ ގޯލާއި އެކު ގުރޫޕު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ކިއުއެމް ސްޕޯޓްސް އެކަޑަމީ އޮތީ ހަތަރު ޕޮއިންޓާއި ފައިދާ ދެ ގޯލާއި އެކު ގުރޫޕު އޭގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އެހެން ކަމުން މުބާރާތުގެ ކުއާޓާއިން ޖާގައެއް ކަށަވަރު ކުރުމަށްޓަކައި ކިއުއެމް އަށް ޖެހޭނީ މިރޭ ސިކްސް ސެންސް ލާމާއި ދެކޮޅަށް ކުޅޭ މެޗުން ސީދާ މޮޅެއް ހޯދާށެވެ. މި މެޗުން ކިއުއެމް ބަލިވިޔަސް އަދި މެޗު އެއްވަރު ވިޔަސް ކުއާޓާގެ ފުރުސަތު ލިބިގެންދާނީ ޑީކޭއެންޒެޑަށެވެ.
މިއަދުގެ މެޗުގައި ޑީކޭއެންޒެޑުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީީ، އަލީ އަނޫފް ތިން ލަނޑު، އަޙުމަދު އަޔާޒް ހަތަރު ލަނޑު، ހުސެއިން އަލީއާއި މަހުރީނު މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު، އަދި އަޙުމަދު ވިޝާހު އާއި މުޙައްމަދު ޖުމާން މިއިން ކޮންމެ ކުޅުންތެރިއަކު އެއް ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުޙައްމަދު މަހުރީނުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް