ފާއިތުވި ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 31 އިންސައްތަ އިތުރުވެއްޖެ

ފާއިތުވި ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، 31 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިން ހާމަކޮށްފިއެވެ. އެ އިދާރާއިން ނެރު...

14 Aug 2022 | 11:57

ފާއިތުވި ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، 31 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ނެރުނު ތަފާސް ހިސާބުގައި ބުނެފައިވަނީ 2021 ވަނަ އަހަރުގެ ޖުލައި މަހު 241 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 316 މިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށެވެ.

މީގެ އިތުރުން ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، 56 އިންސައްތަ އިތުރުވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޖުލައި މަހު ދިވެހިރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދު 4.3 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އޮމާން، އިންޑިއާ،  ޔޫ.އޭ.އީ، ޗައިނާ އަދި ސިންގަޕޯ ހިމެނެއެވެ.

މި ގައުމުތަކުގެ ތެރެއިން އޮމާނުން 797 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 698 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫ.އޭ.އީ އިން 550 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މީގެ އިތުރުން ޗައިނާ އިން 493 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯ އިން 343 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް