ހިޔާ ސަރަހައްދުގައި ޔޫތް ސެންޓަރެއް ހަދައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ސަރަހައްދުގައި ޔޫތް ސެންޓަރެއް ހަދައިފި އެވެ. ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ސެންޓަރުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެ...

14 Aug 2022 | 11:15

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ސަރަހައްދުގައި ޔޫތް ސެންޓަރެއް ހަދައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ސެންޓަރުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ. އެތަން ހަދާފައިވަނީ ހިޔާ ޓަވަރު 10 ގައި އެވެ.

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި ޔޫތް ސެންޓަރު މާދަމާ ރޭ އާންމުންނަށް ހުޅުވާލާނެ އެވެ.

އެޗްޑީސީން މައުލުމާތުދޭގޮތުގައި މި ސެންޓަރު ހުޅުވުމުން ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ހިތްހަމަ ޖައްސާލައި އެކުވެރިންނާއި އެކު ކުޅިވަރު ކުޅެލާ ވަގުތު ހޭދަ ކޮށްލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

އެތަނުގައި ކެރަމް، ޓޭބަލް ޓެނިސް ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ.

މިތަނުގެ ހިދުމަތް ހޯދުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް