މަނަދޫގައި 40 ހައުސިން ޔުނިޓު އެޅުމަށް 40 މިލިއަން ރުފިޔާއަށް ދޮންބެޒް!

ނ. މަނަދޫގައ ި40 ހައުސިން ޔުނިޓު އަޅަން ކުންފުންޏަކާއި ހަވާލު ކޮށްފި އެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި އެވެ. އެ ކުންފުންޏާއި މަޝްރޫއު ހަވާލުކޮށްފައިވަނީ40 މިލިއަން ރު...

14 Aug 2022 | 10:26

ނ. މަނަދޫގައ ި40 ހައުސިން ޔުނިޓު އަޅަން ކުންފުންޏަކާއި ހަވާލު ކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި އެވެ. އެ ކުންފުންޏާއި މަޝްރޫއު ހަވާލުކޮށްފައިވަނީ40 މިލިއަން ރުފިޔާ އެވެ.

މި އެއްބަސްވުމުގެ ދަށުން ހައުސިން ޔުނިޓުތައް އަޅަން ހަވާލުކޮށްފައިވަނީ ޑިޒައިނާ ބިލްޑް އުސޫލުންނެވެ. މަޝްރޫއުގެ ދަށުން އިމާރާތް ކުރަން ނިންމާފައިވަނީ700 އަކަފޫޓުގެ40 ހައުސިން ޔުނިޓެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިޔަށް ގެންދާ މަޝްރޫއުއެކެވެ.

މިނިސްޓްރީން ބުނީ ކޮންމެ ޔުނިޓެއްގައި ވެސް ތިން ކޮޓަރި އާއި ތިން ފާހާނާ އަދި ސިޓިން ރޫމާއި ބަދިގެ އާއި ކާގޭގެ އިތުރުން ލޯންޑަރީ އާއި ސްޓޯ ރޫމް ހުންނާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން މުޅި ސަރަހައްދު އަލިކޮށް އެތަނުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ވެސް ގާއިމުކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް