މާލޭ މަގުމަތީގައި ޕަލެޓުތައް ބަހައްޓާ ނަމަ ޖޫރިމަނާ ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ ޖޫރިމަނާ ކުރަން ފަަށަނީ ގަރާޖާއި ގުދަނާއި ފިހާރަތައް ހިންގާ ފަރާތްތަކަށް އެތަކެތި ނެގުމަށް ފުރުސަތު ދިނުމަށް ފަހު ކަމަށެވެ.
ސިޓީ ކައުންސިލުން ވަނީ މަގުމަތީގައި ބަހައްޓާފައި ހުންނަ ޕަލެޓުތައް ނެގުމުގެ މަސައްކަތް މިދިޔަ މާޗް މަހު ކޮށްފަ އެވެ.
އެ މަސައްކަތުގެ ދަށުން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 1،300 އަށް ވުރެ ގިނަ ޕެލެޓް މަގުތަކުން ނެގި އެވެ.
ސިޓީ ކައުންސިލުން ބުނީ މި ޖޫރިމަނާ ކުރަން ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަަމަށެވެ.
މި މައްސަލައަކީ މާލޭ މަގުތަކުގައި ހައްލު ނުވެ އޮތް ބޮޑު މައްސަލައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް