މިއަހަރުގެ ލަގްޒަރީ ހޮޓެލް އެވޯޑްސްއަށް ސަމަރ އައިލެންޑް މޯލްޑިވްސް ނޮމިނޭޓް ވެއްޖެއެވެ.
ލަގްޒަރީ ހޮޓެލް އެވޯޑްސް އަކީ 2006 ވަނަ އަހަރު އުފެއްދި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ރަނގަޅު އެވޯޑުތައް ދޭ އެވޯޑެވެ.
ތިން ލައްކައަށް ވުރެ ގިނަ ދަތުރުވެރިން ވޯޓުދޭ މި އެވޯޑު ކޮންމެ އަހަރަކު ވެސް ހަތަރު ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާނެއެވެ. މި އެވޯޑަށް ހޮވޭ ފަރާތްތައް ހޮވަނީ ގެސްޓުންނާއި ދަތުރުވެރިންނާއި އިންޑަސްޓްރީގެ މީހުންގެ ވޯޓުންނެވެ.
ސަމަރ އައިލެންޑް މޯލްޑިވްސް އަކީ ރާއްޖޭގައި ހަނީމޫން ހޭދަކޮށްލުމަށް އަންނަ ފަރާތްތަކަށް ޕްރިމިއަމް ބީޗް ޑެސްޓިނޭޝަނެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނެކެވެ.
ވީއައިއޭ އިން ފުރައިގެން ސްޕީޑް ލޯންޗުގައި 45 މިނެޓުން ދެވޭ ރާސްތާގައި އޮންނަ މި ރިސޯޓުގައި އަލަށް ކައިވެނިކުރާ މީހުންނަށް ޚާއްސަ ގިނަ މަންޒިލްތަކެއް ހުރެއެވެ.
ސަމަރ އައިލެންޑް މޯލްޑިވްސްގެ ރިސޯޓް މެނޭޖަރު މާރިޔާ ޝަރީފް ވިދާޅުވީ މި އަހަރުގެ ލަގްޒަރީ ހޮޓެލް އެވޯޑްސްއަށް ނޮމިނޭޓްވުމަކީ ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ. އަދި ހުރިހާ ގެސްޓުންނަށް، ޚާއްސަކޮށް ހަނީމޫނަަށް އަންނަ މީހުންނަށް އެންމެ ފުރިހަމަ ތަޖުރިބާ އެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.
"ސަބަބަކީ އެ މީހުންގެ ސްޓޭ އަކީ ވީހާވެސް ޚާއްސަ ތަނަކަށް ހަދަން ބޭނުންވާތީ. އަޅުގަނޑުމެންނާ އެކު މަޑުކުރެއްވި ނަމަ އަޅުގަނޑު ވަރަށްހުރިހައި ފަރާތްތަކުގެ ކިބައިން އެދެނީ އަޅުގަނޑުމެންނަށް ވޯޓު ދެއްވުމަށް،" މާރިޔާ ޝަރީފް ވިދާޅުވިއެވެ.
2020 ވަނަ އަހަރު ސަމަރ އައިލެންޑް މޯލްޑިވްސްއަށް ވަނީ ރާއްޖޭގެ އެންމެ މަޤްބޫލު އެއް ރިސޯޓްކަމަށްވާ ހޮލިޑޭ ޗެކް ގޯލްޑް އެވޯޑް ލިބިފައެވެ. އަދި 2017، 2018 އަދި 2019 ވަނަ އަހަރުގެ ސަޓާ އެވޯޑުގައި ސައުތު އޭޝިއާގެ ލީޑިންގ ބީޗް ރިސޯޓާއި ރާއްޖޭގެ ލީޑިންގ ބީޗް ރިސޯޓަށް ވެސް ވަނީ އެވޯޑު ލިބިފައެވެ.
ސަމަރ އައިލެންޑް މޯލްޑިވްސްއަކީ ރާއްޖޭގެ ފަސް ޕްރޮޕަޓީއެއް މެނޭޖްކުރާ ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް