5 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސް: 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯރޑް އައުކޮށްފި

މިހާރު ކުރިއަށްދާ 5 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި، ފިރިހެނުންގެ (ލޯންގކޯސް) 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ. މިރެކޯރޑް ދިވެހި ފިރިހެން ޓީމް އައުކޮށްފައިވަނީ ...

14 Aug 2022 | 07:55

މިހާރު ކުރިއަށްދާ 5 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި، ފިރިހެނުންގެ (ލޯންގކޯސް) 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ.

މިރެކޯރޑް ދިވެހި ފިރިހެން ޓީމް އައުކޮށްފައިވަނީ 8.89 ސިކުންތުގެ ކުރިއެރުމަކާއެކުގައެވެ. އެއީ 04.01.23 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

ރެކޯރޑް އައުކުރި ޓީމުގައި ހިމެނެނީ އަބްދުﷲ ނާވީ އަޙްމަދު، އިބްރާޙީމް މައިޝާން ޝަމީމް، ޢަލީ އިމްޢާން އަދި ޙުސައިން ހާއިޝް ޙަސަން އެވެ.

މިއިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވުނު އޭޝިއަން ގޭމްސްގައި 04.10.12 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

އެފަހަރު ރެކޯރޑް އައުކުރި ޓީމުގައި ހިމެނެނީ މުބާލް ޢައްޒާމް އިބްރާޙީމް، ޢަލީ އިމްޢާން، ހުސައިން ހާއިޝް ޙަސަން އަދި ޙަސަން އަޝްރަފް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް