ޓީއެމްއޭ ގެ ފްލީޓަަށް އިތުރު ސީޕްލޭނެއް ގެނެސްފި - މިއީ 59 ވަނަ އުޅަނދު

ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އިން އިތުރު ސީޕްލޭނެއް ގެނެސްފިއެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ 'ޕީކް' ދުވަސްވަރާ ދިމާވާ ގޮތަށް ޓީއެމްއޭއިން ގެނައި އުޅަނދެކެވެ. ޓީއެމްއޭ އިން ގެނައީ 'D...

14 Aug 2022 | 07:46

ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އިން އިތުރު ސީޕްލޭނެއް ގެނެސްފިއެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ 'ޕީކް' ދުވަސްވަރާ ދިމާވާ ގޮތަށް ޓީއެމްއޭއިން ގެނައި އުޅަނދެކެވެ. ޓީއެމްއޭ އިން ގެނައީ 'DHC-6 ޓްވިން އޮޓާސް' އެކެވެ.

ޓީއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، އާ ރިސޯޓުތައް ގިނަވަމުންދާ މި ދަނޑިވަޅު އެތަނުގެ އުޅަނދުތައް އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކޮވިޑު-19ގެ ބަންދަށް ފަހު އަލުން ބޯޑަރުތައް ހުޅުވުނު ފަހުން އިތުރު ތިން ބޯޓު ގެނެސްފައިވާއިރު، މި އަހަރު ނިމޭއިރު އެއް މިލިޔަން ޓޫރިސްޓުންނަށް ޚިދުމަތް ދެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޑިމާންޑާ އެއްވަރަށް ދަތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޓީއެމްއޭ އިން ވަނީ ބުނެފައެވެ.

ޓީއެމްއޭއިން އަންނަނީ 1989 ވަނަ އަހަރުން ފެށިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން، ރާއްޖޭގެ 14 އަތޮޅެއްގައި ހިމެނޭ 80 އަށް ވުރެ ގިނަ ރިސޯޓަށް ދަތުރުތައް ކުރަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރއަކީ ވެސް ޓީއެމްއޭ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް