ކުށަކުން ބަރީއަވުމަށް ރައީސް ޔާމީން މަސައްކަތްކުރައްވާ މިންވަރު މަދު: މަވޯޓާ ޝަރީފް

ކުށަކުން ބަރީއަވުމަށް ރައީސް ޔާމީން މަސައްކަތްކުރައްވާ މިންވަރު އޭނާއަށް ފެންނަ ގޮތުގައި މަދުކަމަށް  ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ރާއްޖ...

14 Aug 2022 | 07:27

ކުށަކުން ބަރީއަވުމަށް ރައީސް ޔާމީން މަސައްކަތްކުރައްވާ މިންވަރު އޭނާއަށް ފެންނަ ގޮތުގައި މަދުކަމަށް  ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ ރައީސް ޔާމީނަށް ތުހުމަތުތަކެއް ކުރެވުނަސް އެއީ އަދި ކުށްވެރިއެކޭ ނުބުނެވޭނެ ކަމަށެވެ. އަދި މަޖިލިސް މެންބަރަކަށްވެ ހުރެ އެފަދަ ވާހަކައެއް ދައްކަން ކެރިވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރުދަނީ ޝަރީއަތް ކުރަމުން ކަމަށާއި ހެކިތައް ތަހުގީގު ކުރަމުން ކަމަށެވެ.

"ދައުވާ މިކުރެވެނީ. ޝަރީއަތުގައި ހެކިތައް ބަލައިގަންނަ އިޖުރާއަތްތައް ކަނޑައެޅިފައި މި އޮންނަނީ. އެހެންކަމުން އިޖުރާއަތްތަކާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ޝަރީއަތަށް ސާބިތުވަންދެން އަޅުގަނޑުމެން ބަލައިގަންނަންވާނީ އެއީ ޔާމީނަކީވެސް ކުށެއް ނެތް މީހެއް ގޮތަށް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރައީސް ޔާމީނަކީ ސިޔާސީ ބޭފުޅެއް ކަމަށާއި ރައީސް ޔާމީން މިފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަކީ އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުން ބަރީއަވުމަށް ކުރާ މަސައްކަތުގެ ތެރެއިން ބޭއްވި ނޫސްވެެެރިންގެ ބައްދަލުވުމެއް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އަންނަނީ ވ. އާރަށާއި ރ. ފުއްގިރި މައްސަލައިގައި މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ޝަރީޢަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް