އިސްރާއީލްގައި ބަޑި ޖަހައި އަށް މީހުން ޒަހަމް ކޮށްލައިފި، ތުހުމަތުގައި ހައްޔަރު ކުރީ ފަލަސްތީން ބަޔަކު

އިސްރާއީލްގެ ޔަހޫދީ ދީނުގެ އަޅުކަމަށް ހާއްސަ ފައްޅިތަކެއް ހުންނަ ހުޅަނގު އައްސޭރީގެ ސަރަހައްދެއްގައި ބަޑީގެ ހަމަލާތަކެއްދީ އަށް މީހުން ޒަހަމް ކޮށްލައިފި އެވެ. އެމީހާ ހަމަލާ ދިނީ ބަހަކަށް އަރައި ތިބި ބ...

14 Aug 2022 | 04:54

އިސްރާއީލްގެ ޔަހޫދީ ދީނުގެ އަޅުކަމަށް ހާއްސަ ފައްޅިތަކެއް ހުންނަ ހުޅަނގު އައްސޭރީގެ ސަރަހައްދެއްގައި ބަޑީގެ ހަމަލާތަކެއްދީ އަށް މީހުން ޒަހަމް ކޮށްލައިފި އެވެ.

އެމީހާ ހަމަލާ ދިނީ ބަހަކަށް އަރައި ތިބި ބަޔަކަށެވެ. ހަމަލާ ދިނުމަށް ފަހު އެމީހާ ވަނީ ފިލާފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާގައި ހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި 35 އަހަރުގެ މާބަނޑު އަންހެނަކުވެސް ހިމެނެ އެވެ. އެމީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އެކަކުގެ ހާލުވެސް މާ ސީރިއަން ނޫން ކަމަށްވެ އެވެ.

މި މައްސަލައިގަ އިސްރާއީލް ފުލުހުން ވަނީ ހުޅަނގު އައްސޭރީގެ ފަލަސްތީން ރައްޔިތުން އުޅޭ ސަރަހައްދުގައި ވަރުގަދަ އޮޕަރޭޝަނެއް ފަށާފަ އެވެ. އެ އޮޕަރޭޝަންގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ އަންހެން މީހާ ހައްޔަރު ކުރީ ހަމަލާ ދިނުމާއި ގުޅުން ހުރި މީހެއްގެ މައުލޫމާތު ދޭން ދެކޮޅު ހަދާތީ އެވެ.

މި ހަމަލާ ދީފައި މިވަނީ މިދިޔަ ހަފްތާގައި އިސްރާއީލް ސިފައިން ގާޒާއަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައި ވަނިކޮށެވެ. ދެ ދުވަސް ފަހު ހަމަލާތައް ދިނުން ހުއްޓާލި އިރު ފަލަސްތީނުގެ 49 މީހަކު ޝަހީދުވެފައިވެ އެވެ.

މި ހަމަލާތަކަކީ ގާޒާގައި ހަރަކާތްތެރިވަމުންދާ އިސްލާމިކް ޖިހާދާއި ދެކޮޅަށް ދިން ހަމަލާތަކެއް ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް