އެފްވައިއެފްސީ 2022 - ލެކްރޯސް އާއި އިސްދޫ ކައުންސިލް އަދި ފިލިއޯސް އެފްސީ ރޭ ކުޅުނު މެޗުތަކުން މޮޅުވެއްޖެ

މިހާރު ކުރިޔަށްދާ ފޮނަދޫ ޔޫތް ފުޓްސަލް ޖެލެންޖް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުން ލެކްރޯސް އެސްސީއާއި އިސްދޫ ކައުންސިލް އަދި ފިލިއޯސް އެފްސީ ރޭ ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ. ލެކްރޯ...

14 Aug 2022 | 04:26

މިހާރު ކުރިޔަށްދާ ފޮނަދޫ ޔޫތް ފުޓްސަލް ޖެލެންޖް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުން ލެކްރޯސް އެސްސީއާއި އިސްދޫ ކައުންސިލް އަދި ފިލިއޯސް އެފްސީ ރޭ ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ލެކްރޯސް އެސްސީ ރޭ ކުޅުނު މެޗުން މޮޅުވީ މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއާއި ވާދަކޮށް 3-5 ގެ ނަތީޖާއިންނެވެ. އަދި އިސްދޫ ކައުންސިލް މޮލޫވީ އެލްވައިޑީ އާއި ވާދަކޮށް 2-6 ގެ ނަތީޖާއިންނެވެ. އަދި ފިލިއޯސް އެފްސީ މޮޅުވެފައިވަނީ އައުޓްރީފް އެފްސީ އާއި ވާދަކޮށް 0-9 ގެ ނަތީޖާއިންނެވެ.

ގުރޫޕް ސީގައި ހިމެނޭ ލެކްރޯސް އާއި މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާ ބައްދަލުކުރި މެޗު ލެކްރޯސްއިން ކާމިޔާބު ކުރިއިރު، މިއީ މި މުބާރާތުގައި އެޓީމުން ހޯދި ދެވަނަ މޮޅެވެ. އަދި މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާ އެޓީމުން މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފައެވެ. އެހެން ކަމުން ލެކްރޯސް އަށް މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުވިއިރު، މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއަށް ކުއާޓާގެ ފުރުސަތު މިވަނީ މުޅިންހެން ގެއްލިފައެވެ.

ރޭގެ މެޗުގައި ލެކްރޯސްގެ ލަނޑުތައް ޖަހައިދިނީ ހުސެއިން ޝަރީފް އާއި އަޙޫމަދު ހަލޫމުގެ އިތުރުން އަޙޫމަދު ރަޝީދެވެ. އަޙޫމަދު ހަލީމް ވަނީ މި މެޗުގައި ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގައި މުންޑޫ ޒުވާނުންގެ ޖަމްޢީއްޔާގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އަޙުމަދު ހާފިޒް އާއި އަޙުމަދު އަބުދުލް ޝަކޫރުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލެކްރޯސްގެ ހުސެއިން ޝަރީފްއެވެ.

ރޭ ގުރޫޕް ބީގައި ހިމެނޭ އިސްދޫ ކައުންސިލާއި އެލްވައިޑީ ބައްދަލުކުރި މެޗަށް ބަލާއިރު، ރޭގެ މެޗުން އިސްދޫކައުންސިލުން ހޯދި މޮޅަކީ މި މުބާރާތުގައި އެޓީމުން ހޯދި ފުރަތަމަ މޮޅެވެ. މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން އެޓީމު ވަނީ ކަންމަތި އެފްސީ އަތުން ބަލިވެފައެވެ. ހަމަ އެގޮތަށް އެލްވައިޑީ ވެސް ވަނީ އެޓީމުން ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ. އެހެން ކަމުން މީގެން ކޮންމެ ޓީމެއްވެސް މިހާރުވަނީ އެއް މޮޅު އެއްބަލި ވެފައެވެ. މި ދެޓީމަށް ވެސް ގުރޫޕު ސްޓޭޖުގެ ފަހު މެޗު ކާމިޔާބު ކޮށްގެން ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތީ ހުޅުވިފައެވެ.

މި މެޗުގައި އިސްދޫ ކައުންސިލަށް ލަނޑުތައް ޖަހައިދިނީ އަލީ ހުމޭޒާއި ހުސެއިން އަފްޚާންގެ އިތުރުން އަލީ މީސާގު އީސާ އަދި އަޙުމަދު އަފްސަމްއެވެ.

މި މެޗުގައި ހުސެއިން އަޚާން އަދި ގުރޫޕު ޑީގައި ހިމެނޭ ފލިއޮސް އެފްސީ އާއި އައުޓްރީފް އެފްސީ ބައްދަލުކުރި މެޗަށް ބަލާއިރު، ރޭގެ މެޗަކީ މި މުބާރާތުގައި ފިލިއޯސް އެފްސީން ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ އައުޓްރީފް އެފްސީން ބަލިވި ދެވަނަ މެޗެވެ. އެހެންކަމުން އައުޓްރީފް އެފްސީއަށް މިހާރު ވަނީ މުބާރާތުގެ ކުއާޓާގެ އުންމީދު މުޅިންހެން ގެއްލިފައެވެ.

ނަމަވެސް ފިލިއޯސް އެފްސީއަށް ދެން ކުޅެން ޖެހޭ ގުރޫޕު ސްޓޭޖުގެ ފަހު މެޗު ކާމިޔާބު ކޮށްގެން ކުއާޓަރ ފައިނަލުން ޖާގައެއް ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް