އަނިޔާވެރި ގޮތަކަށް މަރާލި ފުވައްމުލަކު ސިޓީ، މާދަނޑު، ކުރި، ޝިއާއު މުހައްމަދު ސައީދުގެ ޕޯސްޓު މޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސްފި އެވެ.
އޭނާ މަރާލާފައި އޮއްވަ ފެނުނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ ހ. ޝީރީންވިލާ ނުވަ ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓަކުންނެވެ. މި މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް އެވެ.
ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ޝިއާއުގެ ހަށިގަނޑު ރާއްޖެ ގެނައީ އިއްޔެ ހަވީރު ކަމަށާއި ހަޑިގަނޑު އަދި ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގައި ކަމަށެވެ. އެކަމަކު ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ޝިއާއުގެ ހަށިގަނޑު ފެނުނު އިރު އަތާއި ފައި އަދި ކަރުވެސް އޮތީ ބުރިކޮށްލާފަ އެވެ. އެކަމަކު ޝިއާއު މަރާލިކަމަށް ޝާހިލް މިހާތަނަށް ތަހުގީގައި އެއްބަސްވެފައި ނުވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް