މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "ލާން ސިންގް ޗައްދާ" ގެ ހާލަތުވެސް އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުން އެބަދެ އެވެ.
ފިލްމު ރިލީޒް ކުރި ފުރަތަމަ ދުވަހު ލިބިފައިވަނީ ޖުމްލަ12 ކްރޯޑު ރުޕީސް އެވެ. އެ އެދަދު ހުކުރު ދުވަހު 35 ޕަސެންޓު ދަށްވެފައިވާއިރު އިއްޔެ އެ ފިލްމަށް ލިބިފައިވަނ ހަތް ކްރޯޑު ރުޕީސް އެވެ.
މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ ކަރީނާ ކަޕޫރާއި އާމިރު ހާން އެވެ. މި ފިލްމަކީ އަދްވައިތް ޗަންދަން އެވެ.
މި ހަފްތާއަކީ އިންޑިއާއަށް ސަރުކާރު ބަންދު ހަފްތާއެކެވެ. ރިޕޯޓުތައް ބުނާގޮތުގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކަރީނާ އާއި އާމިރުގެ މި ފިލްމަށް މިދިޔަ ދެ ދުވަހަށްވުރެ ރަނގަޅު އާމްދަނީއެއް ލިބި މި ހަފްތާ ތެރޭގައި ހިނގައި ގަތުމުގެ ފުރުސަތު އެބަ އޮތެވެ.
އެކަމަކު ފުރަތަމަ ދެ ދުވަހުން މިހާ ދަށް އާމްދަނީއެއް ލިބިފައިވުމަކީ ފިލްމު ފްލޮޕާއި ދިމާލަށް ދަތުރު ކުރާކަމުގެ ހެތްކެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
މި ފިލްމު ކާމިޔާބު ނުވެއްޖެ ނަމަ އެންމެ އަސަރު ކުރާނީ އާމިރުހާން އަށެވެ. އެއީ އެންމެ ފަހުން 2018 ގައި ރިލީޒްކުރި އާމިރުގެ "ތަގްސް އޮފް ހިންދޮސްތާން" ވެފައިވަނީ ބޮޑު ފްލޮޕަކަށެވެ. އެކަމަކު އެ ފިލްމުވެސް އެޅުވި ފުރަތަމަ ދުވަހު52 ކްރޯޑުގެ އާމްދަނީއެއް ހޯދާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް