ޔޫއްޕެ އުފައްދާ ވެބް ސީރީޒަކަށް އެކްޓުކުރަން ކުރިމަތިލި ކުދިންގެ އޮޑިޝަން ބާއްވައިފި

ޔޫއްޕެ އުފައްދާ ވެބް ސީރީޒަކަށް އެކްޓުކުރަން ކުރިމަތިލި ކުދިންގެ އޮޑިޝަން ބާއްވައިފި އެވެ. މިއީ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން އަދި އަލަށް ފިލްމު އުފެއްދުމަށް ނުކުންނަ ޕްރޮޑަކްޝަނަކާ ގުޅިގެން...

14 Aug 2021 | 11:00

ޔޫއްޕެ އުފައްދާ ވެބް ސީރީޒަކަށް އެކްޓުކުރަން ކުރިމަތިލި ކުދިންގެ އޮޑިޝަން ބާއްވައިފި އެވެ.

މިއީ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން އަދި އަލަށް ފިލްމު އުފެއްދުމަށް ނުކުންނަ ޕްރޮޑަކްޝަނަކާ ގުޅިގެން އުފައްދާ ސީޯރީޒެކެވެ.

މި ސީރީޒުގައި 52 އެޕިސޯޑްގެ ހިމެނޭ އިރު، މި އެޕިސޯޑުތަކުގައި އެކްޓުު ކުރާނެ ކުދިންނަށް އެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލި ކުދިންގެ އޮޑިޝަން ބާއްވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގަ އެވެ.

ކުޅަދާނަ އެކްޓަރ، ޑައިރެކްޓަރ އަދި ޔޫސުފް ޝަފީޢު (ޔޫއްޕެ) ވިދާޅުވީ އެރޭ އޮޑިޝަން ހަދާފައިވަނީ މިވަގުތު މާލޭގައި ތިބި 12 ކުދިންގެ ކަމަށެވެ. އަދި އިތުރުކުދިން ވެސް މާލޭގައި އެބަތިބި ކަަމަށާއި އެކުދިންނަށް ވެސް ފުރުޞަތު ދޭނެ ކަމަށެވެ.

މީގެ އިތުރުން މި ސީރީޒަށް ކުރިމަތިލި ބައެއް ކުދިން ތިބީ މާލެއިން ބޭރުގައި ވެސް މިވަގުތު އެބަތިބި ކަމަށާއި އެކުދިންނަށް ވެސް ފުރުސަތު ދޭނެ ކަމަށް ޔޫއްޕެ ވިދާޅުވި އެވެ.

"އޮޑިޝަންގައި އެރޭ ބައިވެރިވި 12 ކުދިންނަށް ވެސް ފުރުޞަތު ދޭނަން. ދެން ކުދިންނަށް ދޭ ރޯލުތައް ބަހައިލަން އެނގޭނީ ކުދިންގެ ހުނަރަށް ބަލާފަތާ ދޯ. ކޮންމެގޮތެއް ވިޔަސް އެ ކުދިންނަށް ފުރުޞަތު ދޭނަން. ބޭނުން ކުރުމާއި ނުކުރުން އެއީ އެކުދިންގެ ކަމެއް،" ޔޫއްޕެ ވިދާޅުވި އެވެ.

ޔޫއްޕެ ވިދާޅުވީ އެކުދިންނަށް ދޭނީ ފެނިގެއްލޭ ކަހަލަ ފުރުޞަތެއް ނޫން ކަމަށާއި ހަވާލުކުރާ ރޯލު ނުކުޅެވެންޏާ ބަދަލުކޮށް އެހެން ރޯލުތަކުން ވެސް ފުރުސަތު ދޭނެ ކަމަށެވެ.

ޔޫއްޕެ އިތުރަށް ވިދާޅުވީ އެކުދިންނާއެކު ސޮއިކުރުމުގެ ރަސްމިއްޔާތެއް ވެސް ބާއްވާނެ ކަމަށާއި މި ސީރީޒްގައި ބައިވެރިވެފައިވާ ކުދިންގެ ޕްރޮމޯޝަނަށް މުނިއަވަސް އާއި ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް