އުރީދޫ އަތޮޅު ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު މިރޭ ހަމަވާނެ

އުރީދޫ އަތޮޅު ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު މިރޭ ހަމަވާނެ އެވެ. ސްކޫލް ބަންދާއި މޫސުމީ ހާލަތާއި ގުޅިގެން ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު އުރީދޫ އިން އިތުރުކޮށް، އެ ފުރުސަތުި ހަމަވާނީ މިރޭ 11:59 ...

14 Aug 2021 | 10:36

އުރީދޫ އަތޮޅު ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު މިރޭ ހަމަވާނެ އެވެ.

ސްކޫލް ބަންދާއި މޫސުމީ ހާލަތާއި ގުޅިގެން ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު އުރީދޫ އިން އިތުރުކޮށް، އެ ފުރުސަތުި ހަމަވާނީ މިރޭ 11:59 ގަ އެވެ.

https://twitter.com/OoredooMaldives/status/1426480937655668742

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުން 5 ކިލޯމީޓަރު އަދި 10 ކިލޯމީޓަރ ގެ ދުވުން ވެސް ފުރިހަމަ ކުރެވިދާނެ އެވެ. އަދި ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ދުވުމުގެ ރޫޓްގެ ސްކްރީންޝޮޓް، ކޮންފަރމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭނެ އެވެ.

ދުވުން ފުރިހަމަ ކުރާ ފަރާތްތަކުން “ރަން މޯމެންޓްސް” އަދި ޑިޖިޓަލް މެޑަލް ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓަރގައި ހިއްސާކޮށްގެން އިނާމް ހޯދުމުގެ ފުރުސަތު ވެސް ވަނީ މިއަދުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާއިރު އުރީދޫ މޯލްޑިވްސްގެ އެކައުންޓް ޓެގް ކޮށް #OoredooAtholhuDhuvun  ހޭޝްޓެގް ބޭނުންކުރަންވާނެ އެވެ.

ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމްތަކުގެ ތެރެއިން:

ރަން މޯމަންޓްސް ޝެއަރ ކުރައްވާފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމުތައް.

  • މަމަކް ރެސްޓަޯރެންޓްއިން ދެ މީހަކަށް ކެއުން
  • ލަ ވެރާ ޕިޒޭރިއާ އިން ދެމީހަކަށް ޕިއްޒާ

ޑިޖިޓަލް މެޑަލް ޝެއަރ ކުރައްވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމުތައް

  • ލި ޕާފިއުމްގެ ފަރާތުން ގިފްޓް ޕެކެއް
  • ޕިއްޒާ ކިޗަންއިން ޕއްޒާ އެއް

މީގެ އިތުރުން ދުވުން ފުރިހަމަކޮށް ޑިޖިޓަލް މެޑަލް ލިބުމުން ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވަރ ކޮށްދޭނެ އެވެ.

އުރީދޫ އަތޮޅު ދުވުމަކީ އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ.

މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން މަރުހަބާކިޔަ އެވެ.

މި ވަރޗުއަލް ދުވުމުގެ އިތުރު މަޢުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް