ބޮލީވުޑްގެ ކުޅަދާނަ ދެ ތަރިން ކަަމށްވާ ރޭކާ އާއި މަދޫރީ 20 އަހަރަަށް ފަހު ސްކްރީނުން ފެންނަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެ ދެތަރިން ފެންނާނި ޑައިރެކްޓަރު ’ސަންޖޭ ލީލާ ބަންސާލީ‘ އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ވެބް ސީރީޒް ”ހީރާމަންޑީ“ގަ އެވެ.
އެހެންނަމަވެސް "ހީރާމަންޑީ" ގެނެސްދޭނެ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.
މި ސީރީޒުގައި ސޮނާކްޝީ ސިންހާ، އާލިއާ ބަޓް، ދީޕިކާ ޕަދުކޯން އަދި ހުމާ ޤުރޭޝ ވެސް ފެންނާން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މަދޫރީ އާއި ރޭކާ އެންމެ ފަހުން އެއްކޮށް ފެނިފައިވަނީ 2001 ވަނަ އަހަރު ’ރާޖްކުމާރު ސަންތޯށީ‘ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމު ”ލައްޖާ“ އިންނެވެ.
ސަންޖޭ ލީލާ ބަންސާލީ‘ އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 25 އަހަރުވެއްޖެ އެވެ. މިހާ ހިސާބަށް އައި އިރު އޭނާ ވަނީ ވަރުގަދަ ފިލްމުތަކެއް ނެރެފަ އެވެ. ބަންސާލީ މިހާރު ”ގަންގޫބާއީ ކަތިއަވާޅީ“ ކިޔާ ފިލްމެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އޭނާ ދެން ހަދަން އޮތް ފީޗާ ފިލްމަކީ ”ބައިޖޫ ބަވްރާ“ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް